ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުނުވެ، މިއަދުވެސް އިތުރު ނުވަ ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ، މި ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން ކަމަށެވެ. އެގޮތުން އިއްޔެ އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާއިރު، މިއަދުގެ މިހާތަނަށް ވެސް އެ ރަށުގެ އިތުރު ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފެންބޮޑުވުމުގެ މި ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. މީގެއިތުރުން، އެއް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިކަން އެންޑީއެމްއޭ އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ރަށު ކައުންސިލާއި ފެނަކަ އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ކުރަމުން ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އައްޑޫ ސިޓީގެ ނުވަ ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު