ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله"ގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ހުޅުމާލޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މީގެއިތުރުން ސަޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީ އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ވަނީ ބިންގާ އެޅުއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބިޔަ މަޝްރޫޢަކީ ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ބިނާއެކެވެ. މި މިސްކިތް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ނަމާދުކުރާނެ ޖާގަ ތަނަވަސްކޮށްދިނުމުގެ އިތުރުން، އިސްލާމީ ތަޢުލީމާއި ޘަޤާފަތް އާލާކޮށް، މުޖުތަމަޢުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމެވެ.
މި އިމާރާތުގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން، ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްޞަ މަރުކަޒެއް ހިމެނެއެވެ. އަދި ދީނީ މަޢުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް މި ބިނާގައި ޤާއިމްކުރެވިގެންދާނެއެވެ.
މީގެއިތުރުން، އިސްލާމީ އަދި ތާރީޚީ މަޢުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރެވޭނެއެވެ. އަދި މިސްކިތަށް ޒިޔާރަތްކުރާ ޢާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައަކާއި ގިފްޓް ޝޮޕެއްވެސް މި ކޮމްޕްލެކްސްގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުالله” އަދި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު pic.twitter.com/ZCTGm6wPMh
— Ministry of Islamic Affairs & Endowments (@MVIaffairs) September 13, 2026
މީގެއިތުރުން، އިސްލާމީ އަދި ތާރީޚީ މަޢުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރެވޭނެއެވެ. އަދި މިސްކިތަށް ޒިޔާރަތްކުރާ ޢާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައަކާއި ގިފްޓް ޝޮޕެއްވެސް މި ކޮމްޕްލެކްސްގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު