ކުރީގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
ކުރީގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ޖޫން މަހު ވަޒީރު ފެންވަރުގައި އެ މަގާމަށް އައްޔަންކުރެއްވި ނާޒިމް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

މި ސަރުކާރުގައި ނާޒިމް ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. އޭގެފަހުން ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ސެޕްޓެމްބަރު 30، 2024 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންފައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ނާޒިމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުގެ މަގާމު އެންމެ ފުރަތަމަ ފުރުއްވިީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭގެފަހުން ނާޒިމް ވަނީ ހިންނަވަރު ދާއިރާގެ ރައްޔިތުން މަޖިލިސް ގޮނޑިއަށް ވެސް ވާދަކުރަށްވާފައެވެ. ނަމަވެސް ނާޒިމަށް ގޮނޑި ކާމިޔާބުވެފައެއް ނުވެއެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް މިނިސްޓަރުންނަށް މިހާރު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު