ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގް ޔޮންގްއާ ބައްދަލުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ބެއިޖިންގްގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގައި މި ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އިތުރުން، ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މި ބައްދަލުވުމުގައި، ޕްރޮސެކިއުޝަން ދާއިރާ ޑިޖިޓަލައިޒްކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ޕީޖީ އޮފީހުން ބުނެއެވެ. އަދި މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
ޕީޖީ އޮފީހުން މައުލޫމާތުދިންގޮތުގައި މި ބައްދަލުވުމުގެ ތެރޭގައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ޕްރޮސެކިއުޝަންގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި އެސް.ޕީ.ޕީ އާއި ޕީ.ޖީ.އޯ އާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ އޮފީހުގެ ދެމެދުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި، ފަންނީ ދިރާސާކުރުމުގެ އިތުރުން ސިއްރު މައުލޫމާތު ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުމެއް ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެެެއެވެ.

ކިޔުންތެރިންގެ ހިޔާލު