ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއީ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނާއި، އެ ރަށު ކައުންސިލް އަދި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރެވުނު މަސައްކަތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ގދ. އަތޮޅު ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުގެ ސަބަބުން ނިކަމެތި ހާލުގައި އުޅުނު އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ވަރަށް ގާތުން މޮނީޓާކޮށްފައިވެއެވެ.
އަދި މިނިސްޓްރީއާ ހަވާލުކުރުމާ ހަމައަށް އެ މީހާގެ ކެއިންބުއިމުގެ އެންމެހައި ކަންކަން ހަމަޖައްސައިދީފައިވަނީ ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ފަރާތުންނެވެ.
މިކަމާ ގުޅޭގޮތުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުޙައްމަދު ސޮބާހު ވިދާޅުވީ، އެ މީހާ އެފަދަ ދަތި ހާލެއްގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ވަރަށް ދަށް ކަމަށެވެ.
އަދި އޭނާގެ އުމުރުން 70 އަހަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ދިރިއުޅެމުންދިޔައީ ގޭގައި އެކަނި ކަމަށް ސޮބާހު ފާހަގަކުރެއްވިއެވެ. ސިއްހީ ހާލަތު ހުރި ގޮތުން އެކަނި އުޅެން ދަތިވެފައިވާތީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަންދެން ކައުންސިލުން ވެެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ރަށުން ވާހަކަދެއްކި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އުމުރުން ދުވަސްވީ އެ މީހާގެ ދަރިންނާއި އާއިލާގެ އެހެން މީހުން ތިބި ކަމުގައިވިޔަސް، އެއިން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް އަދި އަޅާލުމެއްވެސް އޭނާއަށް ލިބެމުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު