ދިވެހިރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން ޤައުމުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓްއާ މަޝްވަރާ ކުރަށްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމަކީ ވަރލްޑް ބޭންކުގެ ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއް ކަަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން މެދުކެނޑުމެއްނެތި ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ފުޅާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެލަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ، ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރަމުންދާއިރު ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ ދެމެހެއްޓެނިވި މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމާއި، ކުރިއަށްދާ އަދި ރޭވިފައިވާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ނައިބު ރައީސް ޔޮހާނަސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ދެވެންހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު