މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހައްވާ ޝިއުނާ ޚާލިދު މިއަދު ވަކިކުރައްވައިފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދައުލަތުގެ ވިޔަފާރި ތަންތަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ، ޝިއުނާ މަގާމުން ވަކިކުރަން ނިންމިކަން މިއަދުގެ ވަގުތެއްގައި އޭނާއަށް ރަސްމީކޮށް އަންގަވައިފައެވެ.
ޝިއުނާ އެމްއައިޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް ސަރުކާރު ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް 2024 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. އެގޮތުން، އެމްއައިޓީޑީސީ އުވާލުމަށްފަހު، އެ ކުންފުނީގެ ދަށުން ހިންގަމުން އައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށަށް ބަދަލުކުރުމަށް ކަނޑައެޅުނެވެ. ނަމަވެސް، އެ ނިންމުމަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ.
އެމްއައިޓީޑީސީ އުވާލުމުގެ ގާނޫނީ އަދި އިދާރީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިއުލާނު ވެސް ކޮށްފައިވެއެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ބައެއް ކުންފުނިތައް އުވާލުމަށާއި އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނަމަވެސް، އެ މަސައްކަތްތައް ލަސްވަމުންދާތީއާއި އިތުރު އައު ކުންފުނިތަކެއް އުފައްދަމުންދާތީ އާންމުންނާއި އިގްތިސާދީ މާހިރުންގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އަދި މިފަދަ ބަދަލުތަކާއެކު ވެސް، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ނަތީޖާއެއް އަދި ފެނިފައިނުވާކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު