އެޕިސޯޑް 20
................
ދުވަސްތަކެއް ކުރިން މަޖީދުގެ ދަރިފުޅަށް ދިމާވި ޙާދިޘާއާއި، ރާނިޔާގެ އަތުން ބުޅަލެއް މަރުވި ހިސާބަށް ހުރިހާ ވާހަކައެއް އޭނާ ކިޔާދިނެވެ. އެއަށްފަހު، ރާނިޔާއާއި ރީޙާންގެ ދޭތެރެއަށް ވަދެ، އެދެމަފިރިން ދުރުކުރުމަށް ރޭވީވެސް އެ ޖިންނި ކަމުގައި ޢުޘްމާން ގާތު މަޖީދު ބުންޏެވެ.
[މަޖީދު އަހަންނަށް ތިކަން ސިއްރުކޮށްގެންހުރެ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލައިފި. އަލުން ތިޔަ ނުރައްކަލުގެ ތެރެޔަށް އަހަރެންގެ ދަރިފުޅު ވައްދާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަށް ރަނގަޅީ...މަޖީދުމެން މިތަނުން ދިޔައްޔާ.] ޢުޘްމާން އަނެއްކާވެސް ހޮސްޕިޓަލަށް ވަނެވެ. ފަހަތުން މަޖީދުވެސް ވަނެވެ. ނަމަވެސް، އިތުރަށް އެވާހަކަ ދައްކައިގެން ނުވާނޭ ކަމަށް ޢުޘްމާން ބުނުމުން، މަޖީދު ޤިސާމާ ގޮވައިގެން ހޮސްޕިޓަލުން ނިކުތެވެ.
އެދުވަހު މަޖީދު ގެޔަށް އައިސް ރީޙާން ގާތު ޢުޘްމާން ކަންތައްކުރި ގޮތުގެ ވާހަކަ ކިޔާދިނެވެ. އަދި ކައިވެނި ރުޖޫޢަ ކުރަން ޢުޘްމާން ޤަބޫލު ނޫން ކަމުގައިވެސް ބުންޏެވެ.
[ދެން ކުރާނޭ ކަމެއްނެތް...އަވަހަށް ހާރޫންބެ ލައްވާ ރަނގަޅު ތަވީދެއް ލިޔުއްވާ....އަހަރެން ބޭނުން، ދާއިމަށް ލޫބާގެ ކިބައިން ސަލާމަތްވާން.] ރީޙާން ބުންޏެވެ.
[ބައްޕަ މިއަދު ގޮސް ތިކަން ހަމަޖައްސާނަން. މިހާރު ތި އެއްޗެއްގެ ކިބައިން މުޅިން ސަލާމަތްވުމަށް މަސައްކަތް ކުރަން ވެއްޖެ.] މަޖީދު ބުންޏެވެ.
[ދަރިފުޅާ، ދެން މާބޮޑަށް ފިކުރު ނުކުރާތި....ހިނގާ ދެބަފައިންވެސް ސައިބޯން. އަހަރެން އަންނާނަން ސައިބޯނެ އެއްޗެއް ގަނެގެން.] ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލުމަށްފަހު ޤިސާމާ ނިކުތެވެ.
ހަވީރު ސައިބޮއި ނިމިގެން ރީޙާން ދިޔައީ، ކުރީގެ އާދަކާދައިގެ މަތިން، އިރުއޮއްސޭ ވަގުތު އޭނާ ގޮސް އުޅޭ ސަރަޙައްދަށެވެ. މިއަދު އޭނާ ބޭނުންވަނީ ލޫބާއާ ބައްދަލުކޮށް ލޫބާއަށް ބަވާލާށެވެ. އެހާވެސް އޭނާ އެހުރީ ލޫބާދެކެ ރުޅިއައިސްފައެވެ. ކުރިން ދުވަހަކުވެސް އޭނާ ލޫބާދެކެ އެވަރަކަށް ރުޅިއެއްނާދެއެވެ.
އެތާ އޮތް ބޯޓްގަނޑުތެރެއިން ފައިބައިގެން ލޫބާ އަންނަތަން ރީޙާނަށް ފެނުނީ، ރީޙާން އެތާނގައި ހުންނަތާ ގިނައިރުތަކެއްވީ ފަހުންނެވެ. އޭނާ ކުށްވެރިޔަކު ފަދައިން އައިސް ރީޙާންގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރީޙާން ހުރީ ފިސާރި ރުޅިވެރިކަމާއެކު އޭނާޔާ ދިމާއަށް ބަލަހައްޓައިގެނެވެ.
[ބުނަން ލޫބާ....އަހަރެންގެ ދިރިއުޅުމަށް ބާރުފޯރުވަން ކަލޭ ކިތަންމެ މަސައްކަތް ކުރޔަސް، ދެން ކަލެއަކަށް އަހަރެންގެ ދިރިއުޅުމަށް އައުމުގެ ފުރްޞަތެއް ނުލިބޭނެ. މިހާރު އަހަރެން ބޭނުންވަނީ ކަލޭގެ ވަސްވެސް މިރަށުން ފޮހެލަން. ފަހަރެއްގައިވެސް އަހަރެން ހިއެއްނުކުރަން، އަމިއްލަ އެދުން ބޮޑަސް، ކަލޭ ތީ ތިޔަހާ ރަޙުމް ކުޑަ މީހެއް ކަމަކަށް. އެއްވެސް ކުށެއް ނެތް އަންހެނެއްގެ ޢިއްޒަތް ވެއްޔާމޮޑެލެވުނީ، ކަލޭގެ ސަބަބުން. ދިރިއުޅުން ހަލާކުވެ، ވޭނާއި ހިތްދަތިކަން ބަރުދާސް ކުރަމުން އެދަނީ ހަމަ ކަލޭގެ ސަބަބުން.] ލޫބާ ފެނުމާއެކު، ރީޙާންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
[ތިބުނަނީ އެއީ އެއްވެސް ކުށެއް ނެތް އަންހެނެކޭތަ؟ އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތުން އެއީ ކުށެއް ނޫންތަ؟ އަހަރެންގެ ދަރިފުޅު މަރާލުން އެއީ ކުށެއް ނޫންތަ؟ އަހަރެން ކުޑަކުޑަ ކަމެއް ކޮށްލާއިރަށް، ވަރަށްބޮޑު ކަމަކަށް އެބަވޭ. އެހެން މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް، އެއީ ބޮޑު ކަމަކަށް ނުވާނެ. ކީއްވެތަ، އިންސާނުން ތިޔަހާ ބޭއިންޞާފީ. އޭނާ އަހަރެންގެ ދަރިފުޅު މަރާލީމާވެސް ރީޙާން އަޅައެއްނުލި.] ލޫބާ ރޯންފެށިއެވެ.
[އޭނާ އެއްވެސް މީހެއްގެ ދަރިޔަކު މަރައެއްނުލާ. އޭނާގެ އަތުން މަރުވީ ބުޅަލެއް. އެ ބުޅާވެސް މަރުވީ ކުށްކުރީމާ. އަހަރެން ދެން ކަލޭގެ އަޑެއްނާހާނަން. ކަލެއަށް މަޢާފެއްވެސް ނުކުރާނަން.] ރީޙާން އުޅުނީ އެތަނުން ހިނގައިގަންނާށެވެ. ނަމަވެސް، އެވަގުތު ލޫބާ ރީޙާން ހިފެހެއްޓިއވެ.
[ހެޔޮނުވާނެ ރީޙާން...ހެޔޮނުވާނެ ރީޙާން...އަހަންނާ ދުރަށްދާން މަސައްކަތް ނުކުރޭ. އަހަންނަށް ރީޙާންގެ ލޯތްބާނުލައި ނޫޅެވޭނެ.] ލޫބާ ރީޙާންގެ ފައިގައި ހިފަހައްޓައިގެންހުރެ ރޯން ފަށައިފިއެވެ.
[އަހަންނާ ވަކިން އުޅެން އުނދަގޫނަމަ، ކަލޭ އަހަރެންގެ އުފާތަކަށް ހުރަސްނާޅާނެ. ހަމަ މިހާރު އަހަރެންގެ ފައިން ދޫކުރޭ.] ރީޙާން ލޫބާ ދުރަށް ކޮއްޕާލިއެވެ. އެވަގުތު ލޫބާ އަނގަވަތަށް ވެއްޓުނެވެ. ނަމަވެސް، ރީޙާން އެއްވެސް ފަރުވާލެއް ނެތްކަހަލައެވެ. އޭނާ ނިކަން ބާރަށް ހިނގައިގެންފިއެވެ. އެވަގުތު ދެންވެސް ލޫބާ ރޮއިރޮއިފައި ރީޙާނަށް ގޮވަން ފަށައިފިއެވެ.
[ރީޙާން...އާދޭސްކުރަން، ރީޙާން ނުގޮސް މަޑުކޮށްބަލަ. އަހަންނަށްވެސް ބާރު ދެއްކިދާނެ. އެކަމަކު އަހަރެން ރީޙާންދެކެވާ ލޯތްބެއްގެ ސަބަބުން.....] ރޮއި އާދޭސް ކުރަމުންދާއިރު، ލޫބާ ހީވަނީ އިންސާނެއްހެންނެވެ. ނަމަވެސް، ރީޙާން ފަސްއެނބުރި ބަލައެއްވެސްނުލައެވެ. އޭނާ ދިޔައީ ގެޔަށެވެ.
[މަންމާ، ތަވީދު ލިޔުއްވަން ބައްޕަ ހިނގައްޖެތަ؟ ދެންމެ ލޫބާއާ ދިމާވި. ކިހާ ދެރަކަމެއްތަ ލައިގަނެގެން މިއުޅެނީ. އަހަރެން ބޭނުންވަނީ އޭތީގެ ކިބައިން އެއްކޮށް ސަލާމަތްވާން. މިރަށުންވެސް އޭތި ފައްސާލަންވީ.] ރީޙާން ގެޔަށް ވަދެ ސިޓިންގރޫމްގައި އިން މަންމައާ ވާހަކައާ ދެއްކިއެވެ.
އެވަގުތު މަޖީދުވެސް ގެޔަށް އައިސް ވަދެއްޖެއެވެ.
[އޭނާ ބުނީ އުނަގަނޑުގައި އަޅާ ތަވީދަކާއި، މިގޭ ގޯތިތެރޭ ވަޅުލާނޭ އެއްޗެއް، ދެދުވަސްތެރޭ ތައްޔާރުކޮށްގެން ގެނެސްދޭނަމޭ. މި ދެދުވަހު ދަރިފުޅު ތަންކޮޅެއް ވިސްނައިގެން އުޅޭށޯ.] ރީޙާން ގާތުގައި އިށީންނަމުން މަޖީދު ބުންޏެވެ. އޭރުވެސް އެގޭތެރޭގައި ލޫބާ ހުއްޓެވެ. މިހާރު ލޫބާގެ ހިތަށްއަރައެވެ. ރީޙާންގެ މަންމައާއި ބައްޕަ ގާތު އާދޭސް ކުރަންވީއެވެ. ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިސްނުމާއެކު، އޭނާ އަދިވެސް ޤަޞްދުކުރީ ކޮންމެވެސްވަރަކަށް ބާރުގެ ބޭނުންކޮށްގެން، ރީޙާންގެ ހިތް އޭނާއަށް އަނބުރާލުމަށެވެ.
އެރޭގެ ދަންވަރެވެ. ރީޙާނަށް ހޭލެވުނީ އުނދަގޫތަކެއް އިޙްސާސްވެގެންނެވެ. ވަގުތުން އޭނާ ބޮކި ދިއްލިއެވެ. އެޔާއެކު އޭނާ ޙައިރާންވިއެވެ. ކޮޓަރި ދޮރުމަތީގައި އެހުރީ ރާނިޔާއެވެ. ރާނިޔާ ހުރީ ރޮވިފައެވެ.
[ކާކު ތީ...ލޫބާތަ؟ ރާނިޔާތަ؟] ރީޙާނަށް ޝައްކުވިއެވެ.
[ރީޙާން...މިވަގުތުން ވަގުތަށްވެސް އަހަންނަށްވެސް އަހަރެންގެ ލޯބި ކާމިޔާބު ކުރަން ބާރުގެ ބޭނުން ކުރެވިދާނެ.] އެޔާއެކު ކުރިމަތީގައި ހުރި ރާނިޔާގެ ސިފަ ބަދަލުވިއެވެ. ރީޙާނަށް ސިހުން ލިބުމާއެކު ފަހަތަށް ޖެހިލެވުނެވެ. މީގެކުރިން ލޫބާގެ ޙަރަކާތެއް ފެނި އޭނާ ބިރެއްނުގަނެއެވެ. ނަމަވެސް، މިހާރު އޭނާ އެހުރީ ފިސާރި ބިރުގެންފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ކުރިމަތީގައި އެހުރީ އާދަޔާ ޚިލާފު ބިރުވެރި ސޫރައެކެވެ. ދެލޮލުގައި ކަޅު ކަޅިއެއް ނެތެވެ. މޫނުމަތީގެ ބައްޓަންވެސް އިންސާނުންނާ ތަފާތެވެ. އަނގައިގެ ދަތްޕިލާ ތޫނުވެފައި ދިގެވެ. ބައެއްފަހަރު އޭތީގެ އަނގައިން އަލިފާން އަރަމުންދިޔައެވެ. އެވަގުތުވެސް އޭތީގެ ލޮލުން ކަރުނަ ވިދަމުންދިޔައެވެ. އެ ކަރުނަތަކުގައިވެސް ވަނީ އަލިފާނުގެ އަސަރެވެ. ރީޙާން ފަހަތަށް ޖެހެން ފަށައިފިއެވެ. އޭނާ ކިތަންމެ ބިރުގެންފައި ހުއްޓަސް، ލޫބާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި، ލޫބާޔަށް އާދޭސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
ބިރުވެރި ސިފައިގައި ހުރި ލޫބާ، ކުއްލިއަކަށް ރީޙާނާ ކައިރިޔަށް ޖެހެން ފަށައިފިއެވެ.
[ކީއްކުރަން ކަލޭ ތިއުޅެނީ؟ ހީނުކުރާތި، ކަލޭ ކޮންމެފަދަ ސިފައެއްގައި ހުއްޓަސް އަހަރެން ބިރުގަންނާނެޔޭ. ކިތަންމެ ކައިރިވިޔަސް އަހަރެން ބިރެއްނުގަންނާނެ. ކަލެއަކަށް ނުކެރޭނެ، އަހަންނަށް އެއްވެސް ކަމެއް ކުރާކަށް.] ބިރުން ތުރުތުރުއަޅާ ޙާލުގައި ހުރެމެ ރީޙާން ބުންޏެވެ.
[ރީޙާންމެން ތިހެން ބުނަނީ އަމިއްލަ އެދުމާހުރެ. އަހަންނަށް ބާރުގެ ޙަޤީޤީ ބޭނުން ނުކުރެވޭތީ....މިހާރު އަހަންނަށް އެނގިއްޖެ، އަހަރެންގެ ލޯތްބާމެދު ރީޙާން ފަޚުރުވެރިވާކަން. އެކަމަކު ބުނަން، ރީޙާން ތިގޮތަށް ގޮތްދޫނުކުރަންޏާ، އަހަރެންވެސް ބާރުގެ ބޭނުންކުރާނަން. ރީޙާންގެ ލޯބި ހޯދާނަން.] މި ޖުމްލަޔާއެކު، ބިރުވެރި ސިފައިގައި ކުރިމަތީގައި ހުރި ލޫބާ ބަދަލުވެއްޖެއެވެ. މިހާރު ރީޙާންގެ ކުރިމަތީގައި އެހުރީ ލޫބާއެވެ. ލޫބާ ރޮނީއެވެ.
[ރީޙާން....ރީޙާން ހަނދާންކުރާތި، އަހަންނަކީވެސް ބާރު ލިބިފައިވާ މީހެއްކަން. މިވަގުތު ދަނީ....ދަނީ....] ލޫބާ ރޮމުން ގިސްލަމުން ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. ރީޙާން ފުން ނޭވާއެއްލުމަށްފަހު، އެނދުގައި އޮށޯވެލިއެވެ. އެޔާއެކު، ދާދި ދެންމެއަކު ލޫބާ ބުނެފައިދިޔަ ވާހަކަތައް، ރީޙާންގެ ސިކުނޑީގައި އެނބުރެން ފަށައިފިއެވެ.
[ރީޙާން ހަނދާންކުރާތި، އަހަންނަކީވެސް ބާރު ލިބިފައިވާ މީހެއް.....ދަނީ....] މި ޖުމްލައިގެ ސަބަބުން ރީޙާންގެ ހިތުގައި ވަރަށް ބޮޑަށް ބިރުވެރިކަން އުފައްދައިފިއެވެ. މީގެކުރިންވެސް އޭނާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި ލޫބާ ވަނީ ރަޙުމްކުޑަ ޢަމަލުތަކެއް ހިންގާފައެވެ. މިހާރު ޢަމުދުން އޭނާ އެހުރީ މާބޮޑަށްވެސް ރުޅިއައިސްފައެވެ. އެހެންވުމާވެސްއެކު، ކޮންމެފަދަ ކަމެއްވެސް ލޫބާ ކޮށްފާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
ނަމަވެސް، ލޫބާއަށް މަޢާފްކޮށް، ރީޙާންގެ ޙަޔާތަށް އަލުން އޭނާ ގެންނާކަށް ރީޙާން ބޭނުމެއް ނޫނެވެ. މިހާރު އޭނާގެ ހުރިހާވެސް ވިސްނުމަކާއި ފިކުރެއް ގުޅިފައިވަނީ އޭނާގެ ހިތުގައި އެމީހެއްގެ ތަޞްވީރު އެންމެ ފުރަތަމަ ކުރެހި އަށަގެންފައިވާ ނަޝްވާއާއެވެ. އޭނާ ދެން ނަޝްވާޔަށް އިންތިޒާރު ކުރާނީއެވެ. މިހާރު ނަޝްވާ ޑޮކްޓަރަކަށްވުމަށްފަހު އަންނަން ހަމަޖެހިފައިވާ ދުވަސް އެވަނީ ބޯމަތިވެފައެވެ. ނޭނގެނީ އޭނާ ޑޮކްޓަރަކަށް ވެގެން އަންނައިރު، ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ނުކުރާކަމެވެ.
ރާއްޖެއިން ބޭރުން ތަޢުލީމް ޙާޞިލްކޮށްގެން ރާއްޖެ އަންނަ ގިނަކުދިން އަންނަނީ ބައިވެރިޔަކު އިޚްތިޔާރު ކޮށްގެނެވެ. ނަޝްވާ އެގޮތަށް ބައިވެރިޔަކު އިޚްތިޔާރު ކޮށްގެން އަތުވެއްޖެނަމަ، ހަމަގައިމުވެސް ރީޙާނަށް ހަޖަމްކުރަން ދަތި ހިތްދަތި އިޙްސާސްތަކެއް ކުރެވޭނެއެވެ. ނަމަވެސް، ރީޙާން ދެން އެހެން ގޮތަކަށް ވިސްނާނީ، ނަޝްވާ ރަށަށް އައުމަށްފަހުގައެވެ.
ރީޙާންގެ ކްލާސްމޭޓެއް ކަމުގައިވާ ފުރްޤާނާ، ދުވަސްތަކަކަށްފަހު ރީޙާނާ ދިމާވީ، ޖެހިގެން އައި ދުވަހު ރީޙާން އޮފީސް ބޭރުގައި ހުރި ބެންޗްގައި އިންދައެވެ.
[ރީޙާން...މިތާ ކީއްތިކުރަނީ؟] ފުރްޤާން ސައިކަލް މަޑުކޮށްލަމުން އެއްސެވެ.
[އަނހަ ފުރުޤާން....ކޮންއިރަކު ރަށަށް އައީ؟ ކޮންމެވެސް މީހަކު ބުނިއަޑު އެހިން، ދަތުރުކުރަންދިޔަ ވާހަކަ...] ރީޙާން ތެދުވެ ފުރްޤާނާ ސަލާމްކޮށްލިއެވެ.
[އާނ...ފުރަތަމަ މާލެ ގޮސް ކޯސްތައް ހެދީ. އޭގެފަހުން ބޯޓެއްގައި އަށާރަ މަސްކޮށްފައި މިއައީ. ކޮބާ އަދިވެސް މީހަކާ ނީންނަންތަ؟] ފުރްޤާން އެއްސެވެ.
[އާނ...އަދި މިހުންނަނީ އިންތިޒާރުގައި.] ރީޙާން ހިނިތުންވެލިއެވެ.
[ކާކު ނަޝްވާތަ؟] ފުރްޤާން އެއްސެވެ.
[އާނ...ދެން ކާކަށްތަ އަހަރެން އިންތިޒާރު ކުރާނީ. ނަޝްވާ އަންނާނޭ ދުވަހެއް ނޭނގޭތަ؟] ރީޙާން ތެދުވިއެވެ.
[ހީވާގޮތުން ނަޝްވާ، މި މަސްތެރޭ އަންނާނެ. ބަލަ ރީޙާން މިތާ ކީއްތަކުރަނީ؟] ފުރްޤާން ބުންޏެވެ.
[މިތާ ވަޒީފާގައި އުޅެނީ. ރަނގަޅު މުސާރައެއްވެސް އެބަ ލިބޭ. އޭ އަޞްލުގައިވެސް ނަޝްވާ އެބަ އާދޭތަ؟] ނަޝްވާ އަންނަ ޚަބަރުވުމުން، ރީޙާން ވަރަށް އުފާވެއްޖެއެވެ.
[މިހާ ދުވަސްކޮށްފައި ދިމާވީމާ ކޮފީއެއްވެސް ބޯލަންވާނެއެއްނު. ހިނގާ އެހެރަ ކެފޭއަށް ވަދެލަން.] ފުރްޤާން މިހެން ބުނީމާ، ރީޙާން ފުރްޤާނުގެ ސައިކަލް ފަހަތަށް އަރައިފިއެވެ.
[ކޮބާ އަދިވެސް ފުރްޤާން މީހަކާ އިންނާކަށް ނުވޭތަ؟] ފުރްޤާން ސައިކަލް ދުއްވާލުމުން ރީޙާން އެހިއެވެ.
[ތިކަމާ ވިސްނަންވީ...މިހާރު މަންމަމެންވެސް ތިވާހަކަ އެބަ ދައްކާ. އަދި ދުވަސްކޮޅެއް ނަގާނެ. ފުރަތަމަ ޖެހޭނީ ކުއްޖަކު ހޯދަންތާ.] ފުރްޤާން ސައިކަލް މަޑުކޮށްލީ މަރަދޫ ފޭދޫގައި ހުންނަ މަޝްހޫރު ކެފޭއެއްގެ ދޮރުމައްޗަށެވެ.
[މިހުރިހާ ދުވަސްވީއިރު އަދި ކުއްޖަކު ނުހޯދޭ....އަދި އެއްވެސް ކުއްޖަކާ ދޭތެރޭ ނުވެސް ވިސްނަންތަ؟] ރީޙާނާއި ފުރްޤާން ކެފޭގެ ކުޑައެއްގެ ދަށުގައި އިށީނެވެ.
[ނޫނޭ...ކޮންމެވެސް ކުއްޖަކާ ދޭތެރޭ އެބަ ވިސްނަން. އަދި މިހާތަނަށް އޭނަޔާ ވާހަކަ ދައްކަނީ ނެޓުން. އެކަމަކު އަހަރެންގެ ފިނޑިކަމުގެ ސަބަބުން އަހަރެން އޭނަޔާ ވާހަކަ ދައްކަމުން މިދަނީ އެހެން ކުއްޖެއްގެ ނަމުގައި.] ފުރްޤާން ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭ ކަހަލައެވެ.
[އަހަންނާ ދިމާޔަށް ތަންކޮޅެއް ކުރީގައި ބުނި ހަނދާނެއްނުވޭތަ، ފިނޑިވެގެން އެއްވެސް ކަމެއް ކާމިޔާބު ނުވާނެޔޭ. އެ ހަނދާނެއް ނުވޭދޯ މިހާރަކު. މިއަދު އަހަރެން މިބުނަނީ، ތިގޮތަށް ފިނޑިވެގެން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ.] ރީޙާން މޭ ފުއްޕާލިއެވެ.
[އެންމެ ރަނގަޅު. ފާޅުގައި އަހަރެން ބުނާނަން.] މިހެން ބުނެފައި އޭނާ ދެ ކޮފީއަށް އޯޑަރުދިނެވެ.
[އަހަރެންގެ ވަރަށްދިގު އިންތިޒާރަކަށް ނިމުން އަންނަން އުޅެނީ. ޙަޤީޤަތުގައިވެސް މިމަހު ނަޝްވާ އަންނާނެތަ؟] ރީޙާން އަދިވެސް އިތުރަށް ޔަޤީންކޮށްލަން ބޭނުންވިއެވެ.
[އާނ...އަހަރެން ކޮންމެހެން ރަށަށް އައިސް މިހުރީވެސް ނަޝްވާއާ ދިމާކުރަންވެގެން.] ފުރްޤާން ރީޙާންގެ މޫނަށް ބަލައިލިއެވެ.
[އެއީ!؟ ފުރްޤާން ކީއްކުރަންތަ، އޭނަޔާ ބައްދަލުކުރަނީ!؟] ރީޙާން ކުޑަކޮށް ޙައިރާންވިއެވެ.

ކިޔުންތެރިންގެ ހިޔާލު