އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެލޭޝިއާގައި ރަސްމީކޮށް ވިއްކަން ފަށާފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ފޯނު އެންމެ އަގުހެޔޮކޮށް ލިބެން ހުރި ގައުމުކަން ހާމަވެއްޖެއެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް މެލޭޝިއާއަކީ ހަތަރުވަނައަށް އައިފޯން 18 ޕްރޯ އެންމެ އަގުހެޔޮކޮށް ލިބޭ ގައުމެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ "ދަ އެކްސްޗޭންޖް ޓީއާރުއެކްސް" އެޕަލް ސްޓޯރުން އައިފޯން 18 ޕްރޯ ގަންނަން ގިނަ އަދަދެއްގެ އާންމުން ވަނީ ފަތިހު 04:30 އިން ފެށިގެން ކިއު ހަދާފައެވެ. ފޯނު ބައްލަވައިގަތުމަށް ފަތިހުއްސުރެ ގިނަ ބަޔަކު ސަފުހަދާފައިވަނީ މެލޭޝިއާގައި މި ފޯނުގެ އަގު އެހެން ގައުމުތަކާ އަޅާބަލާއިރު ހެޔޮވުމުންނެވެ.
އަގުތަކުގެ ތަފްސީލަށް ބަލާއިރު، މެލޭޝިއާގައި 256 ޖީބީގެ އައިފޯން 18 ޕްރޯއެއްގެ އަގަކީ 5,499 މެލޭޝިއަން ރިންގިޓް (ގާތްގަނޑަކަށް 1,360 އެމެރިކާ ޑޮލަރު) އެވެ. އަދި އައިފޯން 18 ޕްރޯ މެކްސްގެ އަގު އުޅެނީ 5,999 ރިންގިޓްގައެވެ.
މިއީ ސަރަހައްދީ އެހެން ގައުމުތައް ކަމަށްވާ ތައިލެންޑް، ސިންގަޕޫރު، ވިއެޓްނާމް އަދި ފިލިޕީންސަށްވުރެ ބޮޑު ތަނުން އަގުހެޔޮ އަދަދެކެވެ.
އެގޮތުން ސިންގަޕޫރުގައި އައިފޯން 18 ޕްރޯގެ އަގު 1,899 ސިންގަޕޫރު ޑޮލަރު (1,492 އެމެރިކާ ޑޮލަރު) އަށް އަރާއިރު، ފިލިޕީންސްގައި މިއަގު އުޅެނީ 1,515 ޑޮލަރުގައެވެ.
މެލޭޝިއާގައި އަގުތައް ހެޔޮކޮށް ހުރުމާއެކު، ސަރަހައްދީ އެހެން ގައުމުތަކުގެ މީހުންގެ މެދުގައިވެސް މެލޭޝިއާއިން އައިފޯން ގަތުމުގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު