ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

ހިޔާ ފުލެޓެއްގެ ބެލްކަނީގައި ދެ މީހަކު ބަދުއަހުލާގީ އަމަލު މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް