އަންނަ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިރޭ ރަސްމީކޮށް އަރުވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި، ޕީއެންސީގެ މަތީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް ރައީސް މުޢިއްޒަށް މި ޓިކެޓު ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޖަލްސާގައި ޕާޓީގެ 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.



މިއީ ޕީއެންސީގެ ޓިކެޓު ރައީސް މުޢިއްޒަށް އެރުވި ދެވަނަ ފަހަރެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ މި ޓިކެޓު ލިބިވަޑައިގަތީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަލިކުރައްވައި ރައީސް މުޢިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް