މާބަނޑު ދުވަސްވަރު ހެދި އާދައިގެ ޖެނެޓިކް ސްކޭނަކުން ލިބުނު ކުށް ނަތީޖާއެއްގެ ސަބަބުން، އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އަމާންޑާ ވެބްގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.
ބަނޑަށް 31 ހަފުތާގައި ހެދި ސްކްރީނިންގ ޓެސްޓުން ދެއްކީ، އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ނުރައްކާތެރި ޖެނެޓިކް ބައްޔެއް ކަމަށްވާ "ޓްރައިސޯމީ 13" ޖެހިފައިވާ ކަމަށެވެ. ނަމަވެސް، އިތުރަށް ހެދި ފުރިހަމަ ތަހުލީލުތަކުން ދަރިފުޅުގެ ސިއްހީ ހާލަތު މުޅިން ރަނގަޅުކަން ކަށަވަރުވުމުން، ޑޮކްޓަރުންނަށް އިތުރު ހައިރާންކަމަކާ ކުރިމަތިލާން ޖެހުނެވެ.
މާބަނޑު ދުވަސްވަރު ހަދާ މިފަދަ ޓެސްޓުތަކުން ނުބައި ނަތީޖާއެއް ދައްކަން މެދުވެރިވާ އެއް ސަބަބަކީ މަންމަގެ ލޭގެ ތެރޭގައި ކެންސަރުގެ ސެލްތައް ދައުރުވުން ކަމަށް ވާތީ، ޑޮކްޓަރުން ވަގުތުން އަމާންޑާގެ ހަށިގަނޑު އިތުރަށް ތަހުލީލުކުރަން ނިންމިއެވެ. އެގޮތުން ކޮލޮނޮސްކޮޕީ، އެމް.އާރް.އައި، ލިވަރ ބަޔޮޕްސީ އަދި ސީޓީ ސްކޭން ހެދުމަށްފަހު ލިބުނީ ހިތާމަވެރި ޚަބަރެކެވެ. އޭނާއަށް ވަނީ ހަތަރުވަނަ ސްޓޭޖުގެ ބޮޑުގުދަލުގެ ކެންސަރު ޖެހި، އެ ކެންސަރު މޭގަނޑަށް ވެސް ފެތުރިފައެވެ.
މި ނާޒުކު އަދި ބިރުވެރި ދަނޑިވަޅުގައި ވެސް، އަމާންޑާ ވަނީ ރައްކާތެރިކަމާއެކު ފިރިހެން ކުއްޖަކު ވިހާފައެވެ. ވިހެއުމަށްފަހު އޭނާ ވަގުތުން ވަރުގަދަ ކީމޯތެރަޕީ ފަރުވާއެއް ފެށިއެވެ. މި ފަރުވާގެ އެހީގައި މޭގަނޑުގައިވާ ކެންސަރުގެ ޓިއުމަރުތައް ކުޑަވުމުން، ޑޮކްޓަރުން ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. މި އޮޕަރޭޝަނުގައި އޭނާގެ ބޮޑުގުދަލުން 20 އިންސައްތަ އަދި މޭގަނޑުގެ ބޮޑު ބައެއް ވަނީ ވަކިކޮށްފައެވެ.
އެ ފަރުވާއަށް ފަހު، އަމާންޑާގެ ހަށިގަނޑުން ކެންސަރުގެ އެއްވެސް އަސަރެއް ނުފެންނަތާ މިހާރު ފަސް އަހަރު ވަނީ ވެފައެވެ. އަމާންޑާ ފާހަގަކުރި ގޮތުގައި، ދަރިފުޅުގެ ސަބަބުން ހަދަން ޖެހުނު އެ ސްކޭނަކީ އޭނާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި ސަބަބެކެވެ. ޒުވާން އުމުރުގައި ބޮޑުގުދަލުގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ އެކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު