ލ. ގަމުގައި ކުރިއަށްދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" މުބާރާތުގެ ތެރެއިން ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 09:54 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނަކަށެވެ.
އޭނާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
މި ހާދިސާ ދިމާވި ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު