ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އިން ދޫކުރާ ޕާސަނަލް ލޯނާއި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، ލުއި އެކްސްޕްރެސް ލޯނުގެ އިންޓްރެސްޓް ރޭޓް 15 ޕަސެންޓް އަށް ކުޑަކޮށްފައިވާ ކަމަށާއި، ގަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރާ ލުއި މައިކްރޯ ލޯން 12 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް އެއްވެސް ރަހުނަކާއި ނުލައި 3 ލައްކަ ރުފިޔާ އާއި ހަމަޔަށް ލޯން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާއި ނުލައި 15 ޕަސެންޓް އިންޓަރެސްޓް ރޭޓްގައި 3 ލައްކަ ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ގެދޮރުގަތުމަށް ދޫކުރާ ލޯނާއި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓް އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރޮޖެކްޓް ތަކަށް ދޫކުރާ ލޯނު އިންޓްރެސްޓް ރޭޓް ވަނީ 10 ޕަސެންޓާއި ހަމަޔަށް ދަށްކޮށްފައެވެ. މިއީ ރާއްޖޭގައި މިހާރު ލިބެންހުރި އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަން ފާހަގަކޮށްލެވެއެވެ.
ވިޔަފާރި އުސޫލުން ގެދޮރު އިމާރާތް ކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެ ސްޓޭޓް ލޯނު ރޭޓް ވެސް 10.5 އިންސައްތައާއި ހަމަޔަށް ބީއެމްއެލް އިން ވަނީ ދަށްކޮށްފައެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެސްއެމްއީ ބޭންކް މޫސާ ނިމާލް ވިދާޅުވީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް ދަށްކޮށް ބޭންކްގެ ލޯން ޕޯރޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
"ކަސްޓަމަރުން ކޮވިޑް19 އާއި ގުޅިގެން ގޮންޖެހުންތަކެއް ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން މާލީ އެހީތެރިކަން ހޯދުމަށް ކަސްޓަނަރުންނަށް ލުއި ފަސޭހަވެގެންދާނެ. ބީއެމްއެލްގެ ޕޯރޓްފޯލިއޯ ރޭޓްތަށް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި." މޫސާ ނިމާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު