ގެސްޓްހައުސް އެސޯސިއޭޝަނުން ރޭ އިންތިޚާބުކުރެވުނު ކާނި ހޮޓެލްސް އެންޑް ޓްއަރސްގެ ސީއީއޯ އަބްދު ﷲ ނަޝީދު (ކާނި އަ ލިބްލޯ): 2017 ވަނަ އަހަރުގެ ސައުތް އޭޝިއަން ޓްރެވެލް އެވަރޑާއި ހަވާލުވަނީ
ގެސްޓްހައުސް އެސޯސިއޭޝަނުން ރޭ އިންތިޚާބުކުރެވުނު ކާނި ހޮޓެލްސް އެންޑް ޓްއަރސްގެ ސީއީއޯ އަބްދު ﷲ ނަޝީދު (ކާނި އަ ލިބްލޯ): 2017 ވަނަ އަހަރުގެ ސައުތް އޭޝިއަން ޓްރެވެލް އެވަރޑާއި ހަވާލުވަނީ
ގެސްޓުހައުސް އެސޯސިއޭޝަން މޯލްޑިވްސް (ގޭމް)ގެ ރައީސަކަށް ކާނި ހޮޓެލްސް އެންޑް ޓުއަރސްގެ ވެރިޔާ އަބްދު ﷲ ނަޝީދު (ކާނި އަބްލޯ) އިންތިޚާބުކޮށް ގޭމްގެ ބޯޑުގެ އެހެނިހެން މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.

ގެސްޓުހައުސް އެސޯސިއޭޝަންގެ ރައީސް ކަމަށް ނަޝީދު އައްޔަން ކޮށްފައި ވަނީ އެއެސޯސިއޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ ބައި އިލެކްޝަންގެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގޭމްގެ ފައުންޑަރ މެންބަރުންގެ ތެރޭގައި ހިމެނޭ ނަޝީދު ރައީސް ކަމަށް އިންތިޚާބުވީ ވޯޓްލުމުގައި ބައިވެރިވި 51 މެމްބަރުންގެ ތާއީދާއެކުގައެވެ.



އިއްޔެ މެންދުރު 2:00 އިން ހަވީރު 6:00 އަށް، ސޯޝަލް ސެންޓަރުގައި ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ވޯޓްލުމުގައި ބައިވެފައިވަނީ އެ އެސޯސިއޭޝަންގެ މުޅި ޖުމްލަ 56 މެންމަރުންގެ ތެރެއިން 51 މެމްބަރުންނެވެ. ވޯޓުލުން ނިމުމަށްފަހު، ރޭގެ ވަގުތެއްގައި އެސޯސިއޭޝަނުންވަނީ ވަގުތީ ނަތީޖާވެސް އިޢުލާން ކުރައްވާފައެވެ.

ގޭމްގެ ރައީސް ކަމަށް ނަޝީދު ރޭ އައްޔަން ކުރި އިރު، ނައިބު ރައީސްގެ މަގާމަށް ހޮވިފައިވަނީ ޕޮއިންޓް އިން ގެސްޓުހައުސްގެ މެނޭޖިން ޑިރެކްޓަރ ހަމްޒާ ގާސިމެވެ. ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އިންތިހާބުވީ މީގެ ކުރިންވެސް އެމަގާމުގައި ހުންނެވި، ސައުދު ﷲ އެވެ.

މީގެ އިތުރުން ކޯޕަރޭޓް އޮފިސަރުންގެ ގޮތުގައި ރާއިފު ވަހީދު އަދި އެކްސްކޯ މެމްބަރުންގެ ގޮތުގައި އަހުމަދު ސާމިހާއި އަހުމަދު ވަހީދު ވަނީ އިންތިހާބުކޮށްފައެވެ.

މި ބޯޑު އިންތިހާބުކުރުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދު ﷲ މައުސޫމްވެސް ވަނީ އިންތިހާބުވި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ގައުމީ ލޯބި

03-Nov-2020

ދީނަށް ފުރައްސާރަކުުރުން.. ވައްކަން ކުރުން އަންހެނުނާއި ފޮށުން ރާބުއިން ޒިނޭކުރުން..ނުބައި ނުލަފާ ވިޔާ ނުދާ މިކަހަލަ ސިފަ އާއި ލަގަބު ލިބިޖެ މީހަކީ ރާއްޖޭގައި މަތީ މަޤާމު ތަކަށާއި އަމުރު މައުރޫފު ހިގުމާއި ގާނޫނު ހެދުމަށް ލިބޭ ސެޓްފިކެޓް ހެން މިހާރު މިވާގޮތުން ހީވަނީ. މުޖުތަމަޢު މިކަމަށް ނުރުހޭނަމަ މިކަން މިގޮތަށް ވިޔަކަނުދިނީސް ކަން ކަށަވަރު.. ނަމަވެސް އެންމެ ވެސް މިކަމާރި ރުހިގަބޫލުވަނީ ބާ؟ ނޫނީ ކޮންމެ ގޮތެއް ވަރިހަމަ ވަނީ ބާ؟ ހަމަ ނޭގޭތީ ސުވާލުކޮށްލެވުނީ.. މާފު ކުރައްވާ!



ޓްރެންޑިން