ށ. ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފަސްގަނޑު ފުރުމަށް ބޭނުންވާ ފަސް ކޮނުމާއި ނެގުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢަކީ ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިމާރާތްތަކާއި ތޮށިލުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގައި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 670 ކިއުބިކް މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ނިންމާފައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު