ސަރުކާރުގެ މަތީ ފަންތީގެ އެކި މަގާމުތަކުގައި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ތިމާވެށީގެ މާހިރު، ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރަކީ 67 އަހަރެވެ.
ޑރ. މުހައްމަދު އަލީއަކީ ތިމާވެށީގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައި، އެ ދާއިރާ ސަރުކާރުގެ އެކި ވުޒާރާތަކުގެ ދަށުން ހިނގަމުން ދިޔަ ދުވަސްވަރު ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މީގެއިތުރުން ދައުލަތުގެ ސިޔާސީ އިސް ސަފުގައި ވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ދައުރެއް އަދާކުރައްވާފަ އެވެ. އެގޮތުން ޑރ. ވަހީދުގެ ރިޔާސަތުގައި ރައީސް އޮފީހުގެ އެންމެ އިސް އިދާރީ މަގާމާއި އިމިގްރޭޝަން ޑިޕާޓްމަންޓް ހިންގެވުމުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް އެމަނިކުފާނު ވަނީ ކުރައްވާފަ އެވެ.
އަމިއްލަ ދިރިއުޅުއްވުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނޭހެން އަމަލުތައް ބެހެއްޓެވުމުގައި ޑރ. މުހައްމަދު އަލީއަކީ ނަމޫނާ ޝަހުސިއްޔަތެކެވެ. އެގޮތުން މާލޭގެ މަގުތަކުގައި ބައިސްކަލުގައި ދަތުރުކުރެއްވުމަކީ އޭނާގެ ދިރިއުޅުމުން ފެނިގެންދިޔަ ތިމާވެއްޓާ ރައްޓެހި އެންމެ ހާއްސަ އެއް މިސާލެވެ.

ކިޔުންތެރިންގެ ހިޔާލު