ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ފަދަ ފުރިހަމަ އަދި ކާމިޔާބު ކޮންގުރެސެއް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް އަދި މިހާތަނަށް ބޭއްވިފައި ނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގުރެސް ނުވަތަ މަތީ މަޖިލީހުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. މި ހަފުލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު، އެންމެ ފުރިހަމަ، އެންމެ އިންތިޒާމުތައް ރަނގަޅު އަދި އެންމެ ބޮޑު ކޮންގްރެސް ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު ސިޔާސީ އެންމެ ބޮޑު ޕާޓީން ބޭއްވި މި ކޮންގްރެސްއަށް ގޮންޖަހާލެވޭ ވަރުގެ އެހެން އެއްވެސް ޕާޓީއެއްގެ ކޮންގްރެސްއެއް މިހާތަނަށް ބޭއްވިފައި ނުވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް ވެސް އަބުދުއްރަޙީމް ވިދާޅުވިއެވެ. މިކަން މިގޮތަށް ދިޔައީ ޕާޓީގެ އެންމެހައި މެންބަރުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޢަބްދުއްރަޙީމް ވިދާޅުވީ ކޮންގްރެސްގެ ބައިވެރިން އެ ދައްކުވައިދިނީ އެބޭފުޅުންގެ ގައިގައި ހުރި ޕާޓީގެ ވަރުގަދަ ރޫޙާއި ޖޯޝް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު މެންބަރުން ސާބިތުވެ ތިއްބެވި މިންވަރު މި މަޖިލީހުން ސާފުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށް ބޭނުންވަނީ ރައްޔިތުންނާ އެއް ހަމައެއްގައި ހުރެގެން، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ރައްޔިތުންގެ ކަންކަން ނިންމާނެ ވެރިއެއްކަން ތިޔަބޭފުޅުން މީ މަތީ މަޖިލީހުގަ ތިޔަ ދައްކަވާ ދެއްވީ. މަތީ މަޖިލިސް ނިމިގެން ދިޔައިރު މި އޮތީ އަޅުގަނޑުމެންގެ ދެހާސް އަށާވީސް ވަނަ އަހަރުގެ ކެމްޕޭން ޓީމް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފަ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލެވުމުން ޔަގީންވެގެން ދިޔައީ، ޕާޓީގެ ޓީމުން މި ޖޯޝާއި ފޯރީގައި މަސައްކަތް ކޮށްފިނަމަ، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެވޭނެ ކަމެވެ. އެމަނިކުފާނު ވަނީ، މަތީ މަޖިލީހުން ލިބުނު ހިތްވަރާއި މަޢުލޫމާތާއި ދަސްވި ފިލާވަޅުތަކުގެ އަލީގައި، ޕާޓީގެ ރޫޙުގައި އެންމެ ވަގުތެއް ވެސް ނަގާނުލައި 2028 ވަނަ އަހަރަށް އަމާޒު ހިފުމަށް ހުރިހާ މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއަށް މިއަދު ބޭނުންވަނީ ޕީއެންސީ ފިކުރުގެ، ޤައުމީ ފިކުރުގެ ވެރިކަމެއް ކަމަށް ވެސް އަބުދުއްރަޙީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު