މީގެ ކުރިން އިސްރާއީލު ސިފައިންގެ ތެރޭގައި މަސައްކަތްކުރި އަދި 2016 ވަނަ އަހަރު ޒަޚަމްވެފައި އޮތް ފަލަސްޠީނުގެ ޒުވާނެއް ކަމަށްވާ ޢަބްދުލް ފައްތާޙު އަލް ޝަރީފްގެ ގަޔަށް ބަޑިޖަހައި މަރާލި ކުށް ސާބިތުވި އެލޯރ އަޒާރިއާއަށް އިސްރާއީލުގެ ރައީސް އިސްޙާޤު ހަރޒޮގް މަޢާފުދެއްވައިފިއެވެ.
އިސްރާއީލުގެ އަސްކަރީ ލީޑަޝިޕްގެ ދެކޮޅުވެރިކަމާ އެކުވެސް ނިންމި މި ނިންމުމުގެ ސަބަބުން، އަޒާރިއާގެ ކުށުގެ ރެކޯޑް ފޮހެވިގެންދާ މުއްދަތު ވަނީ އަވަސްވެގެން ގޮސްފައެވެ.
އަސްކަރީ މެޑިކެއްގެ ގޮތުގައި މަސައްކަތްކުރި އަޒާރިއާ، އަލް ޝަރީފްގެ ގަޔަށް ބަޑިޖަހާފައިވަނީ އިސްރާއީލު ސިފައިންގެ މީހަކަށް ހަމަލާދިނުމާ ގުޅިގެން، ޒަޚަމްވެ ބިންމައްޗަށް ވެއްޓި އެއްވެސް ހަރަކާތެއް ނުކުރެވި އޮއްވައެވެ. މި އަނިޔާވެރި ޢަމަލު ވީޑިއޯއަށް ރެކޯޑް ކުރެވިފައިވާއިރު، މިއީ އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެ، ބޮޑު ބަހުސެއް އުފެދުނު އެއް މައްސަލައެވެ.
އިސްރާއީލުގެ އަސްކަރީ ކޯޓަކުން 2017 ވަނަ އަހަރު އަޒާރިއާގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވެ، 18 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. ނަމަވެސް ފަހުން އޭނާގެ އަދަބު ލުއިކޮށްދިނުމުން، ޖަލުގައި 9 މަސްދުވަސް ހޭދަކުރުމަށްފަހު 2018 ވަނަ އަހަރު އޭނާ ވަނީ މިނިވަންވެފައެވެ. ކުށުގެ ރެކޯޑް އޮތުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކޮށް، ރެކޯޑް އަވަހަށް ސާފުކޮށްދިނުމަށް އަޒާރިއާ އެދުނު އެދުމަށް ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ތާއީދުކުރެއްވި ނަމަވެސް، އަސްކަރިއްޔާގެ އިސް ވެރިން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.
ރައީސް ހަރޒޮގްގެ އޮފީހުން ބުނެފައިވަނީ، މި މަޢާފު ދިނުމުގައި ވޭތުވެދިޔަ މުއްދަތަށާއި، އަދަބު ތަންފީޒުކޮށް ނިމިފައިވުމުގެ އިތުރުން، އޭނާގެ ޒާތީ އަދި ޢާއިލީ ޙާލަތަށާއި ދެއްކި ހިތާމައަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ އަސްކަރީ ކޯޓުގެ ޙުކުމް ބާޠިލުކުރުން ނޫން ކަމަށާއި، މިއީ އަދަބު ފުރިހަމަކުރުމަށްފަހު ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ދިން ލުޔެއް ކަމަށް ރައީސްގެ އޮފީހުން ބަޔާންކުރެއެވެ.
މި ނިންމުމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ޒިންމާދާރުކަމާއި، ބާރުގެ ބޭނުންކުރުމުގެ މިންގަނޑުތަކުގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަމަލުކުރާ އަނިޔާވެރި ގޮތްތަކާ މެދު އަނެއްކާވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ރައީސްގެ މި ނިންމުމާ އެކު އަޒާރިއާގެ ކުށުގެ ރެކޯޑް އަވަހަށް ފޮހެވިގެން ދިޔަނަމަވެސް، އޭނާއާއި އޭނާގެ ޢާއިލާއަށް އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ އެޅި ފިޔަވަޅަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު