ފޮއްދޫގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ޕާކުގެ ޕޭވްމަންޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު ސަރުކާރުން ވަނީ 4 ރަށެއްގެ ޕާކު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ ނ. ފޮއްދޫގެ އިތުރުން ށ. ކޮމަންޑޫ، ނ. މަނަދޫ އަދި ފ. ނިލަންދޫއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ހިތްފަސޭހަ ކުޅިވަރު މާޙައުލުތަކެއް ޤާއިމުކޮށްދިނުމެވެ. އަދި ޞިއްޙަތަށް ފައިދާހުރި، ޙަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅައި، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީވެސް މިފަދަ ޕާކުތައް ޤާއިމުކުރުމުގެ މުހިންމު ބޭނުމެކެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 46 ރަށެއްގައި ޕާކު އެޅުމަށް ސަރުކާރުން ނިންމާފައިވާ މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ މައިގަނޑު ފަސް ކުންފުންޏަކާއެވެ. އެއީ އެމްޓީސީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 14 ރަށެއްގެ މަސައްކަތް ކުރިއަށްދާއިރު، ދެވަނަ ބެޗުގެ ދަށުން 32 ރަށެއްގައި ޕާކު ތަރައްޤީކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު