މާލޭގެ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހިންގަމުން އަންނަ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެ ތަންތަން ހިންގާ ވިޔަފާރިވެރިން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކޮށް، ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ވިޔަފާރިވެރިން އިއްޔެ މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ގޮސް މޭޔަރާ ބައްދަލުކުރީ، އެ ސަރަހައްދު ތަރައްގީކުރުމުގެ އާ މަޝްރޫއެއް ފެށުމަށްޓަކައި 90 ދުވަހުގެ ތެރޭގައި ތަންތަން ހުސްކުރުމަށް އެސްޓީއޯއިން ނޯޓިސް ދީފައިވާތީއެވެ.
ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، ކުރު މުއްދަތެއްގެ ނޯޓިސްއަކާއެކު ކުއްލިއަކަށް ތަންތަން ދޫކޮށްލަން ޖެހުމަކީ އެތައް މިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓް ކޮށްފައިވާ ފަރާތްތަކަށް މާލީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން، މޭޔަރަށް ހުށަހެޅި ޕެޓިޝަނުގައި ވިޔަފާރިވެރިން މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މިހާރު ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކުގެ މަސްލަހަތު ނުގެއްލޭނެ ފަދަ އިންސާފުވެރި އަދި އެކަށީގެންވާ ހައްލެއް މިކަމުގައި ހޯއްދަވައިދެއްވުމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ނިންމުމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ސިޓީ ކައުންސިލުން ފުރިހަމައަށް ދަންނަ ކަމަށެވެ. އަދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
ހާބަރު ފުޑްކޯޓު ސަރަހައްދަކީ ގިނަ އަދަދެއްގެ އާންމުން ކެއިންބުއިމުގެ ހިދުމަތް ހޯދުމަށް ޒިޔާރަތްކުރާ އަދި އެތައް ބައެއްގެ ދިރިއުޅުމާއި ވަޒީފާ ގުޅިފައިވާ މުހިންމު ވިޔަފާރި މަރުކަޒެކެވެ.

ކިޔުންތެރިންގެ ހިޔާލު