ޕީއެންސީގެ އެކުވެރިކަމާއި ޖޯޝުގައި ސާބިތުވެ ތިބެ މަސައްކަތް ކޮށްފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ޤައުމީ މަޖިލިސް (ކޮންގްރެސް) ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއީ ސިޔާސީ ޖަލްސާއެއް ނޫންކަން ފާހަގަކުރައްވައި، ކޮންގްރެސްގެ ކާމިޔާބީއަށްޓަކައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް އޭނާ ވަނީ ތަހުނިޔާ ދަންނަވާފައެވެ.
އަދި އިންތިޒާމުތައް ފުރިހަމަކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ވިލަރެސް ކޮމިޓީއަށާއި، ޕާޓީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން މުވައްޒަފުންނާއި ސަޕޯޓަރުން ކުރި އިޚްލާޞްތެރި މަސައްކަތަށް ޢަބްދުއްރަޙީމް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އިންތިޒާމު ރަނގަޅު އަދި އެންމެ ބޮޑު ކޮންގްރެސް ބޭއްވީ ޕީއެންސީންކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިއީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ގޮންޖަހާލެވޭނެ ފަދަ އިވެންޓެއް ނޫން ކަމަށެވެ.
މިއަދު ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ އަޑުއަހައި، މަޝްވަރާގެ އުޞޫލުން ކަންކަން ނިންމަވާނެ ބިނާކުރަނިވި ވެރިއެއް ކަމަށާއި، ރައީސް މުޢިއްޒަކީ އެފަދަ ލީޑަރެއްކަން މި ކޮންގްރެސްއިން ސާބިތުވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، ޕާޓީގެ އެއްވެސް މެންބަރަކު އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، މި އުފެދުނު ރޫޙާއި ޖޯޝުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލައްވާފައެވެ.
އަދި އެންމެން އެއް އަޒުމެއްގައި ގުޅިގެން މަސައްކަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑުތަނުން ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު