ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ބޭއްވި ފޯރަމް
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ބޭއްވި ފޯރަމް
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ. ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބޭއްވި މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

މި ފޯރަމްގައި ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ބައެއް އިސް އޮފިސަރުންނާއި، ވިމެން އިން ޕޮލިސިންގ ކޮމެޓީގެ އިސްވެރިންނާއި މެންބަރުން އަދި އަންހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ފޯރަމްގެ ތެރެއިން ވަޒީރު ޢަލީ އިހުސާން ވަނީ ޚާއްސަ މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންދަވާފައެވެ. މި ސެޝަންގައި، ފުލުހުންގެ މުއައްސަސާގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، އަންހެން މުވައްޒަފުން ކުރިއެރުވުމަށް ވަޒީރު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ.

މި ފޯރަމްގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުންގެ އަދަދު އިތުރުވުމަށް އެދޭކަން ހާމަކުރެއްވިއެވެ. އަދި އޮޕަރޭޝަނާއި ތަހުގީގީ ދާއިރާތަކުން ގިނަ އަންހެން މުވައްޒަފުން ފެނުމުގެ މުހިންމުކަމާއި، މުއައްސަސާގައި ދުޅަހެޔޮ، ފިޓްނެސް ރަނގަޅު މުވައްޒަފުން ތިބުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، "ކޮންމެ އަންހެން ފުލުހަކީ ވެސް ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެން ހުންނަ މީހަކަށް ވާންޖެހޭނެ" ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ފޯރަމް އިންތިޒާމުކުރުމުގައި އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

ވިމަން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން ފުލުހުން ވެސް ޝާމިލުވާ ގޮތަށް މުޖުތަމައަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތް ހިންގުމާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވިމެން އިން ޕޮލިސް ފޯރަމް" ބޭއްވުމުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެކުވެރިކަން ބަދަހިކުރުމުގެ ބައްދަލުވުންތައް ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް