ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (Amberfish, Thelenota anax) އެއް އަހަރު ދުވަހުގެ މުއްދަތަށް އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި، އެކަމަށް ޝަރުތުހަމަވި 7 ފަރާތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކޯޓާ ދޫކޮށްފިއެވެ. މި މަސައްކަތަށް ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުސަތު މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް "ކެޔޮޅު" ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
ކައްޗަލައަކީ އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް، 2022 ވަނަ އަހަރު ބޭއްވުނު "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) ބައްދަލުވުމުގައި އެ މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެ ގައުމެއްގެ ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަކުން، އެ ބާވަތް ނެގުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަށަވަރުކޮށްދިނުމުން، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.
މިގޮތުން، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ވަނީ ކައްޗަލަ މަސްވެރިކަމާ ގުޅޭ އެން.ޑީ.އެފް އެކުލަވާލައި، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ މަސްވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކޮށްފައެވެ. މި އެން.ޑީ.އެފް ގެ ދަށުން، ކުރިއަށް އޮތް 12 މަސްދުވަހުގެ މުއްދަތަށް ރާއްޖެއިން އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނުގެ ކޯޓާއެކެވެ.
މި ނިންމުމާ އެއްގޮތަށް، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓްކުރުމަށް ސައިޓީސް ޕާމިޓް ދޫކުރަމުންދާނީ މި ކަނޑައެޅުނު 10.95 ޓަނުގެ ތެރެއިން، ވުޒާރާއިން އެކުލަވާލާފައިވާ އުސޫލުގެ މަތިންނެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ލައިސަންސް ދޫކޮށް، ކައްޗަލަ އެކްސްޕޯޓްކުރުމުގެ ކޯޓާ ލިބުނު 7 ކުންފުންޏަކީ:
އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
އެސްއެމް އިންވެސްޓްމަންޓް
މަލަކް އިންވެސްޓްމަންޓް
ވިލިނގިލި ފިޝް ވިލެޖް
ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މި ފިޔަވަޅަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ބައިނަލްއަޤްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު