ކޮމިއުނިޓީ އެމްޕަވަރމެންޓް މިނިސްޓަރ އަޙްމަދު މަޙްލޫފް
ކޮމިއުނިޓީ އެމްޕަވަރމެންޓް މިނިސްޓަރ އަޙްމަދު މަޙްލޫފް
މާލޭގައި ޓެކްސީ ކުރުމުގައި ޙަރަކާތްތެރިވާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަޙީދާ އަށް ގޯނާ ކުރަމުންދާ މީހާ ހުއްޓުވައި އޭނާއާއި ޤާނޫނު އަރާ ހަމަވަންދެން މަސައްކަތް ކޮށްދޭނެ ކަމަށް ކޮމިއުނިޓީ އެމްޕަވަރމެންޓް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، މަޙްލޫފްގެ އެހީތެރިކަން އަބަދުވެސް އާމިނަތު ވަޙީދާ އަށް ލިބޭނެ ކަމަށެވެ. މަޙްލޫފް މިހެން ވިދާޅުވީ، އައިންތުގެ ޓެކްސީ އަށް ބަޔަކު ގަސްތުގައި ގެއްލުންދީ ހަލާކުކޮށްލާފައި ވަނިކޮށް މިނިސްޓަރުގެ ފަރާތުން އައިންތުއަށް ގުޅައި، ކާރު އަލުން މަރާމާތުކޮށްދީފައިވާ ކަމަށް އައިންތު ބުނެފައިވާ ޚަބަރެއް ރިޓްވީޓް ކުރަށްވަމުންނެވެ. އައިންތު ވަނީ އެ އެހީތެރިކަމަށް ޝުކުރު އަދާކޮށް، މިއަދު އަލުން ޓެކްސީކުރަން ފަށައިފަ އެވެ.

މިނިސްޓަރ މަޙްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، އައިންތު އަކީ ވަރަށް ހިތްވަރުގަދަ ކަނބަލެއް ކަމަށާއި، އަދި އެންމެހާ އަންހެން ބޭފުޅުންނަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ.

އައިމިނަތު ވަހީދާގެ ޓެކްސީ އަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެން އޭނާ ފޭސްބުކްގައި ބުނެފައިވަނީ މިއީ އޭނާ ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރިތައް ތަޅާލި 5 ވަނަ ފަހަރުކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެވުން އެދި އޭނާ ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދުވެސް ވަނީ އައިންތުއާ ބައްދަލުކޮށް، އައިންތުއަށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި އައިންތުއަށް ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން މޭޔަރ އެދިވަޑައިގަތްކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

އާމިނަތު ވަހީދާއަކީ މާލޭ ސިޓީގައި ޓެކްސީކޮށްގެން، އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ބައެއް މީހުންގެ ފަރާތުން އޭނާއަށް އެކި ކަހަލަ އުނދަގޫތަކާއި ގޯނާތައް ކުރިމަތިވަމުންދާކަމަށް އޭނާ ބުނެއެވެ. އަދި ދާދިފަހުންވެސް އޭނާގެ ޓެކްސީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ބާއްވާފައި އޮށްވާ ވެސް ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލާފައެވެ. ފުލުހުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން