ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ އިމާމުންނާއި ޚަޠީބުންނަށް ޚާއްޞަކޮށްގެން ދިވެހިވަންތަ ހެދުމެއް ފަރުމާކުރުމުގެ މަސައްކަތް ފަށައި، އޭގެ ނަމޫނާ ޑިޒައިނެއް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ޢާންމުކުރައްވައިފިއެވެ.
މިނިސްޓަރ ޝަހީމް ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ފޮޓޯތަކުން ފެންނަނީ، ދިވެހިވަންތަ ސިފަތަކާއި ވައްޓަފާޅި އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެދުމަކާއި ތާކިހަލެކެވެ.
މި ހެދުމާއި ތާކިހާ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، ދިވެހިރާއްޖޭގެ އާސާރީ މިސްކިތްތަކުގެ މުންނާރުތަކާއި، ހުކުރު މިސްކިތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަމާއި، އަދި ކުނާ ވިޔުމުގެ ސަގާފީ ކުރެހުންތަކުގެ މައްޗަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިއީ އަދި މި މަސައްކަތުގެ ފުރަތަމަ މަރުޙަލާގެ ނަމޫނާއެކެވެ.
"މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނިންމާލަން ބޭނުންވަނީ ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާއާއެކު. އަދި ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ގޮތަށް،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި ހެދުން ފަރުމާކުރުމުގައި އިސްކަންދެނީ ދިވެހިރާއްޖޭގެ ތާރީޚާއި އާސާރުތަކުން ފެންނަންހުރި ދިވެހި-އިސްލާމީ ޙަޟާރަތުގެ މުހިންމު ބަހާތަކަށް ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމައި ޢަމަލީ ގޮތުން ބޭނުންކުރަން ފެށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިމާމުންނަށް ދިވެހިވަންތަ ޚާއްޞަ ހެދުމެއް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތް ދެމެހެއްޓުމާއެކު، ދީނީ ކަންކަމުގެ ތެރެއަށް ރާއްޖެއިން ބޭރުގެ އާދަކާދަތައް ވަދެގެންދިޔުން ހުއްޓުވުން ކަމުގައި މިނިސްޓަރ ޝަހީމް ފާހަގަކުރެއްވިއެވެ.
މިހާރު ޢާންމުކޮށްފައިވާ ފޮޓޯތަކުގައި ގަދަ ރަތް (މެރޫން) ކުލައިގެ ހެދުމަކާއި ތާކިހަލެއް ފެނުނު ނަމަވެސް، މިއީ އަދި މުޅިން ފައިނަލް ކުރެވިފައިވާ ކުލަތަކެއް ނޫން ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު