އދ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން، ޣައްޒާގައި ހިނގަމުންދާ އިންސާނީ ނިކަމެތިކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅު ނިއެޅުމަކީ "ލަދުވެތި" ކަމެއް ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.
އަދި މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ދުނިޔޭގެ އިތުބާރު ގެއްލުމުގެ ނުރައްކާ އޮތް ކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.
ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މެކްރޯން ވަނީ، ޣައްޒާއަށް ސުލްޙަ އައިސްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ގޮންޖައްސަވާފައެވެ.
ސުލްޙަ ގާއިމުވެއްޖެ ކަމަށް ވަކާލާތު ކުރި ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މެކްރޯން ވިދާޅުވީ، ޣައްޒާއިން ފެންނަމުންދާ މަންޒަރުތަކަކީ މުޅި އިންސާނިއްޔަތުވެސް ލަދުގަންނަންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށެވެ.
އަދި ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްފަހު، އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅޭއިރު ހިމޭނުން ތިބޭ ޤައުމުތަކުގެ އިތުބާރާމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް މެކްރޯން ވަނީ ކުށްވެރިކުރައްވާފައެވެ.
ޙަމާސްގެ ނުރައްކަލަށް ބުނެ ހުޅަނގު އައްސޭރީގައި ހިންގާ ޢަމަލުތައް ދިފާޢު ނުކުރެވޭނެ ކަމަށާއި، ހުޅަނގު އައްސޭރީގައި ޙަމާސްގެ ޙަރަކާތްތައް އެހާ ބޮޑަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މެކްރޯން ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ޙައްޤު ބައިނަލްއަޤްވާމީ މުޖުތަމަޢުން ޙިމާޔަތްކޮށްދޭންޖެހޭނެއެވެ.
ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ހުރާމަތްތެރިކޮށް ނުހިތާކަން ފާހަގަކުރައްވަމުން، މެކްރޯން ވިދާޅުވީ ހަނގުރާމައިގެ ޖަރީމާތައް މިހާރު އިންޑަސްޓްރިއަލައިޒް ކުރެވި، "ވަޙުޝީ ޢަމަލުތަކުގެ އާ ދައުރެއް" ފެށިފައިވާ ކަމަށެވެ.
އަދި ޖެނީވާ ކޮންވެންޝަންގެ ރައްކާތެރިކަން ކެނޑެމުންދާކަމުގެ އިންޒާރު ދެއްވައި، ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ފްރާންސުން ކުރާ ތާޢީދު އޭނާ ތަކުރާރު ކުރެއްވިއެވެ. މީގެއިތުރުން ލުބުނާނާއި ސޫރިޔާގެ ސިޔާދަތަށް އިޙްތިރާމްކުރުމުގެ މުހިންމުކަންވެސް މެކްރޯން ވަނީ ފާހަގަކުރައްވާފައެވެ.
އޭނާގެ ތަޤްރީރު ނިންމަވާލައްވަމުން މެކްރޯން ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލަށް އިޞްލާޙުތައް ގެނެސް، އާ ސަރަޙައްދުތަކާއި ޤައުމުތަކަށް ފުރުޞަތު ދިނުމަށް ގޮވާލައްވާފައެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގެ ނުފޫޒު ހަމައެކަނި އެމެރިކާއާއި ޗައިނާގެ އަތްމައްޗަށް ދޫކޮށްނުލައި، އެހެން ޤައުމުތަކުންވެސް އެ ދާއިރާގައި ފައިހަމަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު