އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ އޭނާއަށް ބޮޑެތި ގޮންޖެހުންތަކަކާއި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ދަތުރުފުޅެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ދަތުރުފުޅުގައި ނަތަންޔާހޫ ދަތުރުކުރައްވާ މަތިންދާބޯޓު ނިއުޔޯކްގެ ޖޭއެފްކޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ބަދަލުގައި، ޖެއްސުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީގެ އަސްކަރީ ވައިގެ ބަނދަރަކަށެވެ.
މިގޮތަށް ނިންމާފައިވަނީ ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހެރާން މަމްދާނީ ނަތަންޔާހޫގެ ދަތުރުފުޅަށް ހުރަސްއަޅުއްވާފާނެ ކަމުގެ ބިރު އޮތުމާއި، ނިއުޔޯކްގެ އާންމުން އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ރާވަމުންދާތީއެވެ.
ސެކިއުރިޓީގެ އެކި ހުރަސްތަކާ ހުރެ، ނަތަންޔާހޫ އެމެރިކާގައި ހޭދަކުރައްވާނީ ވަރަށް ކުރު ވަގުތުކޮޅެއް ކަމަށްވާއިރު، މި ދަތުރުފުޅުގައި ކުރީގެ އާދައާ ހިލާފަށް ނޫސްވެރިންގެ ޓީމެއްވެސް ބައިވެރިއެއް ނުކުރެއެވެ.
މީގެއިތުރުން، އެމެރިކާ ސަރުކާރުންވެސް މިފަހަރު ނަތަންޔާހޫއަށް ހާއްސަ މާހައުލެއް ނުވަތަ އިނާޔަތްތަކެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ޓެކްސަސްގައި އީލޮން މަސްކާއެކު ބޭއްވުމަށް ކުރިން ރާވާފައިއޮތް ބައްދަލުވުން އިސްރާއީލުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކުވެސް އެއްވެސް ބައްދަލުވުމެއް ތާވަލުކުރެވިފައި ނުވާކަމަށް މީޑިއާތަކުން ބުނެއެވެ.
ނަމަވެސް، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލުކުރެއްވުމުގެ އިތުރުން، ވަގުތު ތަންދީފިނަމަ އެހެން ބައެއް ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އދ. ގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ދައްކަވާ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އީރާނަށް އަމާޒުކުރައްވާނެ ކަމަށް ބެލެވޭއިރު، އޭނާ ތަގުރީރު ކުރައްވާ ވަގުތު މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކުރުމަށް ގިނަ ގައުމުތަކެއްގެ ލީޑަރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު