އިސްރާއީލަކީ އެއްވެސް ޖަވާބުދާރީވުމެއް ނެތި، ބިރުވެރި ދަރަޖައަކަށް އަމަލުކުރަމުންދާ، މުޅި ސަރަހައްދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ ވިދާޅުވެއްޖެއެވެ.
ރަސްގެފާނު މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު އަބްދުالله ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދައި އެތައް ދަހަރެއް ވަންދެން ދޫކޮށްލުމުގެ ނުރައްކާތެރިކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައަށް ތަކުރާރުކޮށް އިންޒާރު ދެއްވާފައިވާނެ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ނުކޮށް، އެތައް އަހަރެއް ވަންދެން އެ ގާނޫނުތަކާ ހިލާފުވަމުންދާއިރު، އެފަދަ ގާނޫނުތަކުގެ އަގަކީ ކޮބައިތޯއާއި، އެ ގާނޫނުތައް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާ ސަބަބާމެދު ރަސްގެފާނު ސުވާލު އުފެއްދެވިއެވެ.
ޣައްޒާގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އުރުދުންގެ ރަސްގެފާނު ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ އާންމު އުމްރާނީ ވަސީލަތްތައް ހަލާކުކޮށް، އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކަމަށެވެ.
އަދި އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ވަރަށް ކުޑަ ސަރަހައްދަކަށް ގޮތްހުސްވެގެން ޖަމާވާންޖެހިފައިވާ ކަމަށާއި، މިއީ ހަމައެކަނި "ހަނގުރާމައިގެ ނަތީޖާއެއް" ނޫން ކަމަށާއި، ފަލަސްތީނުގެ ދިރިއުޅުން ނައްތާލައި، އާ ނުރައްކާތެރި ހަގީގަތެއް ގާއިމުކުރުމަށް އިސްރާއީލުން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވަމުން ރަސްގެފާނު ވިދާޅުވީ، އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދެމުންދާ ހަމަލާތަކާއި، ބިންތައް ފޭރުމުގެ އަމަލުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
އަދި އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން އާންމުންނަށް ހަމަލާދީ، އެމްބިއުލަންސްތަކަށް ހުރަސްއަޅައި، ހަގީގަތް ހާމަކުރަން މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް ވިދާޅުވިއެވެ.
މިއީ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ނައްތާލުމަށް ހިންގާ ނިޒާމީ އަމަލެއްކަމަށް ސިފަކުރެއްވިއެވެ.
އަރަބި ދުނިޔެއިން ސުލްހައަށް އިންކާރުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ރަސްގެފާނު ފާހަގަކުރެއްވީ، 2002 ވަނަ އަހަރު ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން ހުށަހެޅި އަރަބި ސުލްހައިގެ އިސްނެގުން (އަރަބް ޕީސް އިނިޝިއޭޓިވް) އެވެ. އެ އިސްނެގުމުގެ ދަށުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ބަދަލުގައި އަރަބި އަދި އިސްލާމީ 57 ގައުމަކުން އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް ހުށަހެޅި ނަމަވެސް، ސުލްހައަށް ހުރަސްއެޅީ އިސްރާއީލު ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
ރަސްގެފާނު އަބްދުالله އިތުރަށް ވިދާޅުވީ އިސްރާއީލުގެ ފުޅާކުރުމުގެ އެދުންވެރިކަން ހަމައެކަނި ފަލަސްތީނަށް ހުއްޓިފައި ނުވާ ކަމަށާއި، ސޫރިޔާ ފަދަ ގައުމުތަކުގައި އިސްރާއީލުން ހިންގާ އަމަލުތަކުން މުޅި ސަރަހައްދަށް އޮތް ނުރައްކާ ހާމަވާ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު ނާޅައި ބަލަން ތިބުމުގެ ނަތީޖާއަކީ އިސްރާއީލުން އެއްވެސް ޖެހިލުމެއް ނެތި، ގާނޫނުތަކާއި ސަރަހައްދީ އިމާ ހިލާފަށް އިތުރު އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރު ލިބުން ކަމަށް ވިދާޅުވިއެވެ.
އުރުދުންއިން އަބަދުވެސް އިންސާފުވެރި ސުލްހައަކަށް ތާއީދުކުރާނެ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާއި ގުދުސްގައިވާ މުސްލިމުންނާއި ކްރިސްޓިއަނުންގެ މުގައްދަސް ބިންތަކުގެ ތާރީޚީ އަދި ގާނޫނީ ހިމާޔަތް ދެމެހެއްޓުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރަސްގެފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު