17 ވަނަ އިންޓަރނޭޝަނަލް އެނާޖީ ފޯރަމްގެ ތެރެއިން--
17 ވަނަ އިންޓަރނޭޝަނަލް އެނާޖީ ފޯރަމްގެ ތެރެއިން--
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދިޔަ 17 ވަނަ އިންޓަރނޭޝަނަލް އެނާޖީ ފޯރަމް (އައިއީއެފް 17) ގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދުއެވެ.

ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.

މި ބައްދަލުވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ތަރައްގީކުރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ އަގުހުރި ފުރުޞަތެއް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު