މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު މާދޫގެއިން 826 ބަނގުރާ ފުޅި އަތުލައިގަނެ އެ މައްސަލައިގައި ދިވެއްސަކު ހައްުޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހ. ކަރޯގެ / މާލެ، މުހައްމަދު ރަޝްވާން އައްބާސް(53އ.) ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
"މި އޮޕަރޭޝަންގައި، އެ ގެއާއި، ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ އަތުލައިގެންފައި ވެއެވެ." ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާ ބަންދުކުރަން ނިންމީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، ރަޝްވާން ހައްޔަރުކުރީ ބަނގުރަލުގެ މައްސަލައިގައި ހުއްޓުވި ދެ ބިދޭސީއަކު ދިން މައުލޫމާތަކާ ގުޅިގެން އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ބިދޭސީންނަކީ ރަޝްވާންގެ ދެ މުވައްޒަފުންކަމަށާއި އެ މީހުން ބަނގުރަލުގެ ކަންކަމުގައި އުޅުނީ ރަޝްވާން ބުނެގެންކަމަށް ބިދޭސީން ބުނާ ކަމަށް ވެސް އަމުރުގައި ވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު