މެންޓަލް ހެލްތު ހެލްޕްލައިންގެ ޗެޓް އެޕެއް ގާއިމުކުރަން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާއިޝަތު ޝޫޒާ ވަނީ އެ އެޕް ހަދަން ނިންމިކަން ހާމަކުރައްވައިފައެވެ.
ނަމަވެސް އެ އެޕްގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ޝޫޒާ ވިދާޅުވީ އެ އެޕް ހަދަން އާންމުންގެ ހިޔާލު ލިބެމުން ދިޔަ ކަމަށާއި އޭގެ އެއް ސަބަބަކީ ހެލްޕް ލައިންއަށް ގުޅުމުން އެއީ ކާކުކަން އެނގޭތީ ބައެއް ފަރާތްތަކުން ގުޅަން ފަސް ޖެހޭތީ ކަމަށެވެ.
ނަފްސާނީ ހިދުމަތްތަކަށް މިހާރު ހާއްސަކޮށްފައި އޮންނަ ހޮޓްލައިންއަކީ 1677އެކެވެ. މިއީ 24 ގަޑިއިރު ހިދުމަތް ލިބޭ ހޮޓްލައިންއެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން ނަފްސާނީ ހޮޓްލައިންއަށް ވަރަށް ގިނަ ކޯލުތައް އާދެއެވެ. ހުދު އައިޖީއެމްއެޗުގައި ހިދުމަތް ދެމުންދާ ނެޝެނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ޑޮކްޓަރަށް ދައްކަންވެސް ބޮޑު ކިއުއެއް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު