ދިވެހިރާއްޖެއަކީ ހަމައެކަނި ތަރައްޤީގެ އެހީ ހޯދާ ޤައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ސައުދީ އަރަބިއްޔާގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ބައިވެރިއަކަށް ވާން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ސައުދީގެ ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ގެދޮރުވެރިކަން، ޞިއްޙީ ދާއިރާ، އިޔާދަކުރަނިވި ހަކަތަ، އުމްރާނީ ތަރައްޤީ އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ސައުދީގެ އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުޞަތުތަކެއް އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސައުދީއަކީ ރާއްޖޭގެ ވަރަށް އިތުބާރު ހިފޭ އަދި އަގުހުރި އެކުވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ދަތުރުފަތުރާއި، ސިއްޙަތު އަދި މަސްވެރިކަމުގެ ދާއިރާއަށް ޒަމާނުއްސުރެ ވެދެމުން އަންނަ އެހީތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން 2004 ގެ ސުނާމީ ކާރިސާގައި ސައުދީން ވެދިން ދީލަތި އެހީވެސް ހަނދާން އައުކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަންކަން ފާހަގަކުރައްވަމުން، ޙައްޖުވެރިންނަށް ފަސޭހަކޮށްދިން "މައްކާ ރޫޓް އިނިޝިއޭޓިވް" އާއި، އެކުވެރިކަމުގެ ރަމްޒެއް ކަމަށްވާ "ކިންގް ސަލްމާން މިސްކިތް" އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ދަތުރުފަތުރާއި، ސިއްޙަތު، މަސްވެރިކަން އަދި ސުނާމީ ކާރިސާ ފަދަ ދަނޑިވަޅުތަކުގައި ވެދީފައިވާ އެހީތަކަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމުން ކަނޑުގެ އަމާންކަން ދެމެހެއްޓުމަކީ ޤައުމީ ފާގަތިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސައުދީ އިސްވެ ސޮއިކުރި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ޗާޓަރަކީ ދެ ޤައުމުގެ އެއްބާރުލުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަރަޙައްދީ ހަމަޖެހުމަށް ސައުދީއާއެކު ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު