ސައުދީ އަރަބިއްޔާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއްގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސިވަރާސާ އަނޯޖަން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދު މިކަން ހާމަކުރެއްވީ އަނޯޖަންގެ މައްސަލައިގައި އިންސާނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްރީލަންކާގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ރާއްޖެ ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވުމުންނެވެ. މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އަނޯޖަން ކޮށްފައިވާ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އޭނާއަށް އެހީތެރިވެދެއްވަން ނިންމެވީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. އަދި ނަޝީދުގެ އެހީތެރިކަމާއެކު ސައުދީގެ އިސް ވެރިންނާ ހަމައަށް އިންސާނީ އެޕީލެއް ހުށަހެޅުމަށް މިހާރު ވަނީ ރާވާފައެވެ.
އަނޯޖަންއަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަޒީފާ އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހެކެވެ. އޭނާ ހައްޔަރުކުރީ ކުއްތާއަކާ ގުޅޭގޮތުން ފޭސްބުކްގައި ކުރިއަށްދިޔަ ބަހުސެއްގެ ތެރެއިން، އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ގޮތަކަށް ކޮމެންޓުކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި ސައުދީގެ ކޯޓަކުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ސައިބާކްރައިމް ގާނޫނުގެ ދަށުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލްގެ ޖޫރިމަނާއެކެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން އެ މައްސަލަ އިސްލާމީ ޝަރީއަތުގެ ދަށުން އިސްތިއުނާފުކުރުމުން، އެޕެލެޓް ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
މި ހުކުމާ ގުޅިގެން ސްރީލަންކާ ސަރުކާރުން ދަނީ އޭނާ ސަލާމަތްކުރުމަށް ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، ވަކީލުން ކަމަށްވާ ފައިޒާ މުސްތަފާއާއި އުޕުލް ކުމާރައްޕެރުމަ ވަނީ އަމިއްލަ ހަރަދުގައި ސައުދީއަށް ވަޑައިގެން އަނޯޖަންގެ ގާނޫނީ ޓީމާ ގުޅިގެން މަސައްކަތްކުރައްވަން ނިންމަވާފައެވެ.
މީގެ އިތުރުން، ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސައުދީ ރަސްގެފާނަށް ފޮނުއްވާ މައާފުދިނުމުގެ ޚާއްސަ ސިޓީފުޅަކާއެކު، ޑެޕިއުޓީ ސްޕީކަރު ރިޒްވީ ސާލިހް އިސްވެ ހުންނަވައި ޕާލަމެންޓަރީ ވަފުދެއް ސައުދީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެ ގައުމުގެ އިދިކޮޅު މެންބަރު މުޖީބު ރަހްމާން ވަނީ މިކަމަށް ފާޑުވިދާޅުވެ، މިއީ ސީރިއަސް މައްސަލައަކަށް ވާތީ ވަފުދުގެ އިސްކޮށް ރައީސް، ބޮޑުވަޒީރު ނުވަތަ ފޮރިން މިނިސްޓަރު ހުންނަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަނޯޖަންއަކީ ސްރީލަންކާ ބިއުރޯ އޮފް ފޮރިން އެމްޕްލޯއިމަންޓް (އެސްއެލްބީއެފްއީ) ގައި ރަޖިސްޓަރީވެގެން ގޮސް ހުރި ފަރާތަކަށް ވާތީ، ޝަރީއަތުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓާނެ ކަމަށާއި ކުރިން އާއިލާއިން ކޮށްފައިވާ ހަރަދުތައްވެސް ދޭނެ ކަމަށް މިނިސްޓަރު ހޭރަތު ވިދާޅުވިއެވެ. އަދި އަންނަ މަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ހަވާސާގައި ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި އަދަބު ލުއިކޮށްދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ލިބިފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު