ކ. ހިންމަފުށީގައި އަލަށް އިމާރާތް ކުރާ ރިހެބިލިޓޭޝަން ސެންޓަރު ވެގެންދާނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ތަނަކަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފެސިލިޓީގެ ބިންގާ ވަނީ އަޅާފައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު ޞިއްދީޤު އާއި، އެންކޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސާހީން އާދަމް އާއި، ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޑްރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފާއިތުވި ސަރުކާރުތަކުން ވެސް ކޮށްފައިވާ ކަމަށާއި ނަމަވެސް، ރާއްޖޭގައި މި މައްސަލަ ފެތުރިފައިވާ މިންވަރާ އަޅާބަލާއިރު މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ވަރަށް ކުޑަ ކަމަށެވެ. އަދި އާންމު ރައްޔިތުން މި ޚިދުމަތަށް އެދޭ މިންވަރާ އެއްވަރަށް ދައުލަތަށް މިހާތަނަށް ޚިދުމަތް ފޯރުކޮށްދެވިފައި ނުވަނީ، މަރުކަޒު ކުރެވިގެން ފަރުވާ ދެވޭނެ އެކަށީގެންވާ ފެންވަރު ރަނގަޅު ފެސިލިޓީއެއް ނެތުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާތަނަށް ފަރުވާގެ ކަންކަން ފޯރުކޮށްދެވެނީ އަޅުގަނޑުމެންވެސް ފަޚުރުވެރިވާ ވަރަކަށް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ބޭނުންވީ ފަރުވާގެ ކަންކަމުގައި މިއޮތް ގެޕް އެއްކޮށް ފިލްކޮށް، އަޅުގަނޑުމެން މަސައްކަތް ކުރާނީ އިޚްލާސްތެރިކަމާއެކީ ނަތީޖާ ނެރެވޭ ގޮތަށް." ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، މި މަޝްރޫޢުގެ ވިއުގަ އެކުލަވާލެވުނީ އެމަނިކުފާނުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރުމުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ޙަސަން ފާއިޒާއި ކައުންސިލްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރަށްވައި އެ ފަރާތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ހިންމަފުށީގައި މިހާރު ހުރި އިމާރާތަކީ 174 މީހުންނަށް ފަރުވާ ދެވޭ ޖާގައިގެ ތަނެއް ނަމަވެސް، އިމާރާތް ބާވެ ވީރާނާވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާ ދެވެނީ އެންމެ 80 އެއްހާ މީހުންނަށެވެ. 5 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އަލަށް ތަރައްޤީކުރާ މި މަރުކަޒަކީ އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ފެންވަރަށް ބިނާކުރާ ޒަމާނީ މަރުކަޒެކެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ އެންކޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ.
މި އިމާރާތުގެ ބޮޑުބައި އެޅުމަށް ހަމަޖެހިފައިވަނީ މިހާރުގެ ސެންޓަރު ހުރި ސަރަޙައްދުގެ ހުސްބިމުގައެވެ. މި އައު މަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކަށްދޭ ޓެކްނިކަލް ފަރުވާއާއި ކައުންސިލިންގ އަދި ހުނަރު ތަރައްޤީކުރުމުގެ (ސްކިލް ޑިވެލޮޕްމެންޓް) ޕްރޮގްރާމްތަކުގެ އިތުރުން، ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެ ފަދަ ހެލްތު ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު