މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ވިލިމާލޭގައި އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އެކި ދާއިރާތަކުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ ކޮކޮނެޓް ޓްރީ ޕެސްޓް ކޮންޓްރޯލް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސަފީރު ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ މަސައްކަތް މިހާރު އޮތީ ބިޑިންގ މަރުހަލާގައި ކަމަށެވެ. އަދި މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ 2025 ވަނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުތައް އެޕްރޫވް ވެގެންދާނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ވިދާޅުވީ، ދާދިފަހުން ސިނަމާލެ ބުރިޖުގައި އުޅަނދެއް ޖެހި ހިނގި ހާދިސާއާ ގުޅިގެން، ޗައިނާގެ މެއިންޓެނަންސް ޓީމުން ވަގުތުން އެ ސަރަޙައްދަށް ގޮސް އިންސްޕެކްޝަންގެ މަސައްކަތްތައް ވަރަށް އަވަހަށް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ދެ ޤައުމުގެ އެއްބާރުލުން ދައްކުވައިދޭ މުހިންމު މިސާލެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.
މީގެއިތުރުން، އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުންދާ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" އަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށްވެސް ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު