ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ އަހަރުން އަހަރަށް ފަނޑުވުމެއްނެތި ދެމިއޮންނާނެ ވަރުގަދަ ގުޅުމެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތާއި، އެ ޤައުމުގެ ސަގާފީ "މިޑް-އޮޓަމް ފެސްޓިވަލް" ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ބޭއްވި ޚާއްޞަ ރިސެޕްޝަންގައެވެ.
މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މީގެއިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި ޗައިނާގެ ރައްޔިތުން މި ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޙަފްލާގައި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރުވަނީ، މި ރިސެޕްޝަން ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރަށްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ޙަފްލާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މި ޙަފްލާއަކީ ޗައިނާއިން ހޯދާފައިވާ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުން ފެށިގެން ދެ ޤައުމުން ގުޅިގެން ޢަމަލީ ގޮތުން ކުރެވޭ އެކި މަސައްކަތްތަކުގައިވެސް ދެޤައުމުން ޙިއްޞާވާ ލަނޑުދަނޑިތައް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، އިތުބާރު ބޮޑުކޮށް، ޢަމަލީ އެއްބާރުލުން ފުޅާކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު މަންފާތައް ހޯދައިދިނުމަށް ޗައިނާ އަބަދުވެސް ތައްޔާރަށް އޮތްކަން ސަފީރު ހާމަކުރެއްވިއެވެ.
ސަފީރުގެ ވާހަކަ ނިންމަވާލައްވަމުން، މިޑް-އޮޓަމް ފެސްޓިވަލްގެ ސާފު، އަލިގަދަ ހަނދުގެ ވިދުވަރު ފަދައިން، ޗައިނާއާއި ރާއްޖޭގެ ގުޅުމަކީވެސް އަހަރުން އަހަރަށް ފަނޑުވުމެއްނެތި ދެމިއޮންނާނެ ވަރުގަދަ ގުޅުމަކަށް ވުމަށް އެދިވަޑައިގެން، ޗައިނާގެ ޤައުމީ ދުވަހުގެ އަދި މިޑް-އޮޓަމް ފެސްޓިވަލްގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު