އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރާއްޖޭގައި ކީރިތި ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް ކަމަށާއި، އެ ހެޔޮ ބަދަލު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ގައުމީ ގުރުއާން މުބާރާތުގެ ތާރީހުގައި ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ މުބާރާތުގައި ބައިވެރިވާން އެދޭ ހުރިހާ ފަރާތްތަކަށް ފުރުސަތު އާންމުކޮށް ހުޅުވާލުމެވެ.

ކުރިން ކޮންމެ އުމުރުފުރާއަކުން މަދު ކުދިންކޮޅަކަށް ފުރުސަތު އޮތުމުގެ ސަބަބުން ބައިވެރިވަނީ 800 އެއްހާ ދަރިވަރުން ކަމަށްވިޔަސް، އުސޫލަށް ގެނެވުނު މި ބަދަލާއެކު މިފަހަރުގެ މުބާރާތުގައި 3،000 އަށްވުރެ ގިނަ ބައިވެރިން ވާދަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މީގެކުރިން ސްކޫލް ފެންވަރުގެ މުބާރާތްތައް ނުބޭއްވުމުގެ ސަބަބުން ގައުމީ މުބާރާތް އޮތީ ހަމައެކަނި ސްކޫލް ފެންވަރުގެ ހަރަކާތަކަށް ބަދަލުވެފައި ކަމަށާއި، ނަމަވެސް ގައުމީ މުބާރާތަކީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި ބާއްވަންޖެހޭ މުބާރާތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރަށްރަށާއި ސްކޫލްތަކުގައި ގުރުއާން މުބާރާތްތައް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްގެން ހިންގަމުންދާކަން ފާހަގަކުރައްވަމުން، މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ބޮޑުކުރުމަކީވެސް މުބާރާތަށް އިތުރު ދިރުމެއް ލިބިގެންދިޔަ ކަމެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް