ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢިއްޒަތްތެރި ޢަބްދުއްރަޙީމް ޢަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް ސީދު ޢާސިމް މުނީރުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރާވަލްޕިންޑީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ޢާންމު މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ. ޚާއްޞަކޮށް، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުންނާއި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޤާއިމުވެފައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އާމީ ޗީފް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު އޮތް ޒަމާންވީ އަޚުވަތްތެރި އަދި ގާތް ގުޅުމަށް ޕާކިސްތާނުން އަބަދުވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި މި ގުޅުން ކުރިމަގުގައިވެސް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރެއްވިއެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަތީ ފަންތީގެ މިފަދަ ބައްދަލުވުންތައް މެދުވެރިކޮށް ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު