ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު އަލީ މަރާލި މައްސަލައިގައި، ދަޢުލަތުން ދަޢުވާ އުފުލި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. ގްރޫޕަކުން މ. ސަރުމާގެއަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ފާތިރަށް ދިން މި ހަމަލާއަށްފަހު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ. ފުލުހުން އޭރު ބުނެފައިވަނީ، ފާތިރަށް ހަމަލާދީފައިވަނީ ކ. ކާށިދޫ ރަންފަރުގެ އަހްމަދު އިރުޝާން ހިލްމީ މަރާލި މައްސަލައިގެ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.
ފާތިރު މަރާލި މައްސަލައިގައި އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. ހާދިސާ ހިނގިތާ ގާތްގަނޑަކަށް 10 އަހަރު ފަހުން ކްރިމިނަލް ކޯޓުން މިމަހުގެ 21 ގައި މި މައްސަލައިގައި އިއްވި ހުކުމްގައި ބުނެފައިވަނީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އިރުފާންގެ މައްޗަށް މި ކުށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ފާތިރުގެ މަރުގެ މި މައްސަލައިގައި އިރުފާންގެ އިތުރުން ގދ. ތިނަދޫ، ލަވްނެސްޓް، އުމުރުން 15 އަހަރުގެ އިބާދަތު ލަތީފުގެ މައްޗަށްވެސް ދަޢުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައެވެ.
މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އިރުފާން ހޯދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އޭގެ 3 އަހަރު ފަހުން، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫއާ 15 މޭލު ބޭރުން އޮޔާދިޔަ ލޯންޗެއްގެ ތެރޭގައި ހުއްޓައެވެ.

ކިޔުންތެރިންގެ ހިޔާލު