އެމެރިކާގެ މެއިން ސްޓޭޓްގައި ހުންނަ ޔުނިވަރސިޓީ އޮފް ނިއު އިންގްލަންޑް (ޔޫއެންއީ) ގެ އާތަރ ޕީ. ޖިރާޑް މެރިން ސައިންސް ސެންޓަރަށް، އާދަޔާޚިލާފަށް ނާދިރު ހުދުކުލައިގެ އިއްސެއް ގެންގޮސްފިއެވެ.
"ކެސްޕަރ" ގެ ނަމުން ނަންދީފައިވާ މި އިއްސަކީ، ގުދުރަތީ ގޮތުން ދުނިޔެއިން ފެންނަ އެންމެ ނާދިރު ކުލައިގެ އިހިތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިއީ ގާތްގަނޑަކަށް ކޮންމެ 100 މިލިއަން އިހީގެ ތެރެއިން އެންމެ އިއްސަކަށް ދިމާވާ ވަރުގެ ނުހަނު ނާދިރު އުފެދުމެކެވެ.
"ގޯސްޓް ލޮބްސްޓަރ" ގެ ނަމުން މަޝްހޫރުވެފައިވާ މި ހުދު އިއްސަކީ، އާންމުކޮށް އިހީގައި ހުންނަ ކުލަތަކާ މުޅިން ތަފާތުކޮށް، އެއްކޮށް ހުދުކުލައިގައި އުފެދިފައިވާ ދިރުމެކެވެ. ކާޓޫނުތަކާއި ގޭމްތަކުގައި ފެންނަ މަދުން ނޫނީ ނުފެންނަ "ޝައިނީ" ދިރުންތަކާ ގިނަބަޔަކު އަޅާކިޔާ މި އިހި މިގޮތަށް އުފެދެން ދިމާވީ، އޭގެ ހަށިގަނޑުގައި ކުލަ އުފައްދައިދޭ މާއްދާތައް (ޕިގްމެންޓްސް) މަދުވުމަށް މެދުވެރިވި ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުންނެވެ.
ޔޫއެންއީގެ މެރިން ސައިންސް ސެންޓަރަށް މި އިހި ގެނައުމާ ގުޅިގެން، ކަސްޕަރގެ ޖީންތައް ދިރާސާކޮށް، އިހީގެ ކުލައަށް މިފަދަ ބަދަލުތައް އަންނަން މެދުވެރިވާ ޖެނެޓިކް ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ސައިންސްވެރިން މިހާރު ދަނީ ފަށައިގެން ކުރިއަށް ގެންދަމުންނެވެ.
މި ދިރާސާތަކުގެ ސަބަބުން، އިހީގެ ޖެނެޓިކްސްއާއި އޭގެ ތަބީއީ އުފެދުމާ ގުޅޭގޮތުން އިލްމީ ގޮތުން ނުހަނު އަގުހުރި މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު