ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެވިޑް ކޮލެޖުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި "ސްޓާފް އެޕްރިޝިއޭޝަން ނައިޓް" ގައި އެ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓުގެ އިސް މަގާމުތަކަކަށް ބަދަލުތަކެއް ގެނެސް، މުވައްޒަފުންތަކަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން އެވިޑް ކޮލެޖުން ބުނީ، މިއީ ކޮލެޖުގެ ލީޑަރޝިޕް ވަރުގަދަކުރުމަށާއި، މުވައްޒަފުންގެ އިޚްލާޞްތެރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށެވެ. އަދި މިއީ ކޮލެޖު ފުޅާވަމުން އަންނައިރު، ދަރިވަރުންނަށާއި މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކޮލެޖުގެ ހުނަރުވެރި ޓީމު އިތުރަށް ބާރުވެރިކުރުވައި ބޮޑެތި ޒިންމާތަކެއް ހަވާލުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް އެވިޑް ކޮލެޖުން ބުންޏެވެ.
ސްޓާފް އެޕްރިޝިއޭޝަން ނައިޓުގައި ޕްރޮމޯޝަން ލިބުނު އިސް މުވައްޒަފުން:
- ޒީމާ ޢަބްދުﷲ: ސްޓޫޑެންޓް ސަޕޯޓް ސާވިސަސްގެ ޑީންގެ މަގާމުން ޑެޕިއުޓީ ވައިސް ރެކްޓަރގެ މަގާމަށް.
- ޒީނިޔާ ޒާހިރު: ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފޮރިން ރިލޭޝަންސްގެ ޑިރެކްޓަރގެ މަގާމުން ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފޮރިން ރިލޭޝަންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް.
- އާމިނަތު މުޙައްރިމާތު: އެޗް.އާރް ޑިޕާޓްމަންޓުގެ ޑިރެކްޓަރގެ މަގާމުން ކޯޕަރޭޓް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް.
- އަލްއުސްތާޛު އަޙްމަދު މުޙައްމަދު: ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯ (އެފް.އައި.އެސް.އެލް) ގެ ސީނިއާ ޑީންގެ މަގާމުން އެފް.އައި.އެސް.އެލްގެ އެގްޒެކެޓިވް ޑީންގެ މަގާމަށް.

މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުން، ފޮޓޯ: އެވިޑް ކޮލެޖު
މި ހަފްލާގައި، މަގާމުގެ ކުރިއެރުން ލިބުނު ހަތަރު މުވައްޒަފުންނަށް މަރުޙަބާ ކިޔައި، އެ ފަރާތްތަކުގެ އައު މަގާމުތަކުގައި އިތުރު ކާމިޔާބީއަށް ކޮލެޖުން ވަނީ އެދިފައެވެ.
އެވިޑް ކޮލެޖަކީ އަބަދުވެސް މުވައްޒަފުންގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިއޮތް އިތުބާރު ހުރި ކޮލެޖެކެވެ.

ކިޔުންތެރިންގެ ހިޔާލު