ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭނުންކުރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގަވަރނަންސް ފްރޭމްވޯކާއި، އެއާ ގުޅޭ ތަމްރީނު މަންހަޖު، އެކަމަށް ޝައުގުވެރިވާ އެހެން ގައުމުތަކުގެ ޖުޑީޝަލް އިދާރާތަކަށް އެއްވެސް އަގަކާ ނުލައި ހިލޭ ފޯރުކޮށްދިނުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ ހައި-ލެވެލް ސެގްމަންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޢައްބާސް ޝަރީފް ވަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ އުސޫލުތައް ހިއްސާކުރަށްވާފައެވެ. އެގޮތުން، ދަޢުވާ ކުރުމުގެ އެންމެހައި ނިންމުންތަކަކީ އަބަދުވެސް އިންސާނުންގެ ބުއްދިއާއި ވިސްނުމުގެ މައްޗަށް ބިނާވެގެން ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާ ލެއްވިއެވެ.
ޓެކްނޮލޮޖީއާއެކު އަންނަ ކުރިއެރުންތަކަށް އިޝާރާތްކުރައްވައި ޕީޖީ ވިދާޅުވީ، "މެޝިނަކަށް ޕްރޮސެކިއުޓަރަކަށް އެހީތެރިވެވިދާނެއެވެ. ނަމަވެސް އިންސާނާގެ ވިސްނުމާއި ނިންމުންތަކުގެ ބަދަލުގައި ދުވަހަކުވެސް މެޝިނެއް ނުބެހެއްޓޭނެ" ކަމަށެވެ.
މީގެއިތުރުން، ކޯޓުތަކަށް ހުށަހަޅާ ލިޔެކިޔުންތަކުގައި އޭއައި ބޭނުންކޮށްފައިވާނަމަ އެކަން ހާމަކުރުމުގެ މުހިންމުކަންވެސް ޕީޖީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މި ނިންމުމާ ގުޅިގެން ޖިނާއީ ޢަދުލުގެ ދާއިރާ ޒަމާނީ ކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ޢަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއިން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު