ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަތޮޅުތަކުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ ޖިމް މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ މި އައުޓްޑޯ ޖިމްތަކަކީ ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވުމުގެ ގޮތުން ޤާއިމްކުރި ޖިމްތަކެއް ކަމަށެވެ.
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މި ޖިމްތަކުގައި ގާއިމުކޮށްފައިވަނީ ފެންވަރު ރަނގަޅު، ޒަމާނީ އިކުއިޕްމަންޓްތައް ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މިހާތަނަށް ޖިމް ގާއިމުކޮށް ނިމިފައިވާ 7 ރަށަކީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ އަދި ބ. ގޮއިދޫ އެވެ.
ހަމައެއާއެކު އެޗްޑީސީން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން ނުނިމި ހުރި ޖިމްތަކުގެ މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެއިތުރުން އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިހާރުވެސް މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮގްރާމްތަކާއި މަޝްރޫއުތަކެއް ހިންގަމުން ދާކަމަށާއި، ކުރިމަގުގައި ވެސް މުޅި ރާއްޖެއަށް ފައިދާކުރާނެ މިފަދަ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒް ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު