ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެހާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އެހީއަށް އެދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިން ފަދަ ތަންތަން މަރާމާތުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަޖައްސާފައިވަނީ ޚާއްސަ ގޫގަލް ފޯމެއް މެދުވެރިކޮށެވެ.
އެ ކޯޕަރޭޝަނުން ބުނީ، މަރާމާތުކުރުމަށް އެދި ހުށަހަޅާ ފޯމުތަކާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެޗްޑީސީން މިފަދަ ފުރުސަތެއް ހުޅުވާލާފައި މިވަނީ، ފަހަކަށް އައިސް އުސް އިމާރާތްތަކުންނާއި ފްލެޓުތަކުން ކުޑަކުދިން ވެއްޓި ފުރާނައަށް ގެއްލުންވާ ފަދަ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި، މިދިޔަ އަންގާރަ ދުވަހު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު