ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ގޮތަށް ހަމަޖައްސައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ އާ ޤަވާއިދު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އެކުލަވާލައި ޢާންމުކޮށްފިއެވެ.
މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި، ހިންގުމާއި އަދި ޔުނިވަރސިޓީ އުވާލުމާ ގުޅޭ އެންމެހައި ކަންކަމުގައި ހަރުދަނާ، އެއް މިންގަނޑަކުން ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމެވެ.
އަލަށް ޢަމަލުކުރަން ފެށި ޤަވާއިދުގައިވާ ގޮތުން، ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 15 އަހަރު ހިންގާފައިވާ މަރުކަޒުތަކަށެވެ. އަދި ބޭރު ޤައުމެއްގެ މަރުކަޒެއް ނަމަ، އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވެފައިވާންޖެހެއެވެ. މީގެއިތުރުން، މަދުވެގެން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީގެ ކޯސްތައް މެދުކެނޑުމެއް ނެތި 5 އަހަރު ދުވަހު ހިންގާފައިވުމާއެކު، ޑިގްރީ އަދި މާސްޓާސްއަށް ކިޔަވާ ދަރިވަރުންގެ ޖުމްލަ އަދަދު މަދުވެގެން 1،000 އަށް އަރަންޖެހެއެވެ.
މި ޝަރުޠުތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ރޭންކިންތަކުގައި ބައިވެރިވެފައިވުމާއި، ބައިނަލްއަޤުވާމީ ޔުނިވަރސިޓީ ޖަމްޢިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި 5 އަހަރު ހޭދަކޮށްފައިވުންވެސް މި ޤަވާއިދުން ލާޒިމުކުރެއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗު މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ ތެރެއިން މަދުވެގެން 10 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލް ކޮށްފައިވާ ބަޔަކަށް ވާންޖެހެއެވެ. ހަމައެއާއެކު، ޔުނިވަރސިޓީއަކަށް ބަދަލުވާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ފެންވަރުގެ އެއް ޕްރޮގްރާމް ހިންގަން ފަށަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އެދި ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރުމަށްޓަކައި 5 މެންބަރުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. މި ކޮމިޓީގައި ހިމެނޭނީ މަތީ ތަޢުލީމުގެ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއްގެ އިތުރުން ފައިނޭންސް ދާއިރާގެ މެންބަރެކެވެ. މި ކޮމިޓީން ޕްރޮޕޯޒަލް ބަލައިގަންނަތާ 3 މަސް ދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށް ގޮތެއް ނިންމަންޖެހެއެވެ.
އަލަށް ކަނޑައެޅި ފީތަކަށް ބަލާއިރު، ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރުމަށް 100،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި އިތުރު ކެމްޕަހެއް ޤާއިމުކުރުމަށް ނުވަތަ އިމާރާތް ބަދަލުކުރުމަށް 15،000 ރުފިޔާ، ލަރނިން ސެންޓަރަކަށް 3،000 ރުފިޔާ އަދި އައުޓްރީޗް ސެންޓަރަކަށް 2،500 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.
މިވަގުތު ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކުގެ ގޮތުގައި ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެކަންޏެވެ. އަލަށް އެކުލަވާލި މި ޤަވާއިދާއެކު، ޝަރުޠު ހަމަވާ އަމިއްލަ ކޮލެޖުތަކަށްވެސް ޔުނިވަރސިޓީގެ ފެންވަރަށް ބަދަލުވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު