ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމަށް ދީފައިވާ މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކޮށް، އެ މުއްދަތުގެ ތެރޭގައި ހުއްދަ ނުނަގާ ފަރާތްތަކަށް ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ނުދޭން މިނިސްޓްރީ އޮފް ޑިފެންސުން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ނުރައްކާތެރި ކެމިކަލް ރާއްޖޭގައި ވިއްކުމުގެ ހުއްދަ ހޯދުމަށާއި އެފަދަ ކެމިކަލްތައް ގުދަންކޮށްފައި ބަހައްޓާ ތަންތަން 'މަކުޑި' ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މީގެ ކުރިން ދިން މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
ނަމަވެސް، އެ މުއްދަތު ހަމަވިއިރު ކެމިކަލް ވިއްކާ ފިހާރަތައް ރަޖިސްޓްރީ ކުރުމަށާއި، ކަމާބެހޭ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް މަދުކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، 'މަކުޑި' ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމުގެ މުއްދަތު މިއަދުން ފެށިގެން އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ވަނީ ނިންމާފައެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި ދެވުނު މުއްދަތު ހަމަވާއިރު ވެސް ރަޖިސްޓްރީ ނުކޮށް ކެމިކަލްގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކާ މެދު "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު"ގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެއެވެ.
މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ އެއްވެސް ހުއްދައެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު