ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ގައުމުގެ އެއްވެސް ހަރުމުދަލެއް ވިއްކަވާނެ ވެރިއެއް ނޫން ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރާނީ ގައުމުގެ މުދާ ހިމާޔަތްކޮށް ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކްސްގައި ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާޢު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނަވާނީ އެންމެ ފުރަތަމަ ގައުމު އިސް
ކުރުމުގެ ސިޔާސަތުގައި ކަމަށެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތާއެކު، މި ސަރުކާރުން ރާއްޖޭގެ ހަރުމުދާ ނުވިއްކާ، ދިވެހި ރައްޔިތުންނަށް މި ގައުމުން ޙައްޤުވަނީ ކިހާ މިންވަރެއްކަން ސާބިތުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރު އަބަދުވެސް ދެމިއޮންނާނީ ސީދާ ރައްޔިތުންގެ ފަޅީގައި ކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުން ޝުޖާޢު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ބޭނުންވަނީ މި ގައުމު ނާށިގަނޑު ހިފައިގެން ސަލާންޖަހަން އުޅޭ ތަނަކަށް ހަދަން ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީއާއި ކުރިއެރުމެއް ލިބެން އުޅޭ ކޮންމެ ދަނޑިވަޅެއްގައި އެ ޕާޓީން އެކަމަށް ހުރަސްއަޅައި "ސަކަރާތް ޖަހަމުންދާ" ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުން މިއަދު ވިސްނަންވީ ގައުމުގެ ފުއްދުންތެރިކަން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ވިދާޅުވެ، ޝުޖާޢު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.
"ހަބަރުދާރު! ފާފު އަތޮޅަށް ޖެހި ސަކަރާތް މިފަހަރު އިންޝާ ﷲ ޖެހިޔަކަ ނުދޭނަން،" ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫއަށް އިދިކޮޅުން ހުރަސްއެޅި މައްސަލައަށް އިޝާރާތް ކުރައްވައި ޝުޖާޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު