ދިވެހި ފުލުހުންގެ ޤާނޫނީ ޒިންމާއާއި ދައުރު އަދާކުރުމަށް ހުރަސްއަޅައި، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގދ. ވާދޫ، ދަޑިކޮށީގެ، އުމުރުން 46 އަހަރުގެ އާމިނަތު ޢަލީދީދީއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނެރުނު އަމުރުގައި ވަނީ މި ހިނގާ މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އާމިނަތު ޢަލީދީދީގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައަށް ބާރުދޭ އެކަށީގެންވާ ހެކި ފުލުހުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސަރަޙައްދަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓު ހިމެނޭއިރު، އޭނާ ހައްޔަރުކުރުމުގައި ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާގެ ދަށުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ކޯޓުން ކަނޑައެޅީ، އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ އާންމު ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. މީގެއިތުރުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1، 3 އަދި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ވެސް މި މައްސަލައިގައި ފުރިހަމަވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ ބަންދު މަޖިލީހުގައި އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް ބުނެ ދިފާޢުގައި ވާހަކަ ދެއްކި ނަމަވެސް، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ޑޮކިއުމެންޓެއް ނުވަތަ މެޑިކަލް ލިޔުމެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު