ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އުފެދުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ސްޓާފް ނައިޓް" ހުޅުމާލޭ ފަރުކޮޅުފުށީގައި ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.
25 ސެޕްޓެމްބަރ 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ. މީގެއިތުރުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި، އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤުގެ އިތުރުން ކުންފުނީގެ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުން މި ޖަލްސާގައި ބައިވެރިވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، އެމްޕީއެލަކީ ހަމައެކަނި ވިޔަފާރި ފައިދާއަށް މަސައްކަތްކުރާ ކުންފުންޏެއް ނޫން ކަމަށާއި، އެ ކުންފުނީގެ ހިދުމަތަކީ ދިވެހި އިގުތިސާދާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމަށެވެ. އަދި ބަނދަރުގެ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި މުވައްޒަފުން ދައްކަމުންދާ ހިތްވަރަށް ވަޒީރު ތައުރީފުކުރެއްވިއެވެ.
ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤު ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ގޮންޖެހުންތަކާއި ޖާގައިގެ ދަތިކަން ހުރި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ލިބުމުގައި ދަތިނުވާނެހެން މުވައްޒަފުން ވަމުންދާ ގުރުބާނީ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރު ތިލަފުށީގައި ތަރައްގީކުރަމުންދާ އައު ބަނދަރުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ގިނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ވަނީ ހާއްސަ އިނާމުތައް ދީފައެވެ. އެގޮތުން ހަތަރު ދާއިރާއަކުން އެންމެ މޮޅު މުވައްޒަފުން ހޮވައި، ކުންފުންޏަށް 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރި ފަރާތްތަކަށާއި ވަޒީފާއިން ރިޓަޔަރކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.
މީގެ އިތުރުން، އުމުރުން އެންމެ 20 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް، ޙާފިޡުކަމުގެ ޝަރަފުވެރި ސަނަދު ހާސިލްކުރި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަލްޙާފިޡު ޙުސައިން ޒައިން ޢަލީގެ ކާމިޔާބީ ފާހަގަކޮށް، އޭނާއަށް ހާއްސަ އެވޯޑެއް ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު